back to top
30 C
Malé
- އިސްތިހާރު -spot_imgspot_img

މަގްބޫލް ލިޔުންތައް

ގެއްލުނު ”އަކިރިސް“ ބޯޓު ކޯސްޓްގާޑުން ހޯދައިފި

ލ. ގަމުން މާލެއަށް ދަތުރުކުރަމުން ދަނިކޮށް ގެއްލުނު ”އަކިރިސް“ ނަމަކަށް ކިޔާ ބޯޓު އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް، ކޯސްޓްގާޑު ތާޑު ސްކޮޑްރަންއިން ހޯދައިފި އެވެ.

އޮގަސްޓް 29 ވަނަ ދުވަހުގެ ފަތިހު ލ. ގަމުން މާލެއަށް ފުރި މި ބޯޓުގައި ފަޅުވެރިން ހިމެނޭގޮތަށް 14 މީހުން ތިބިކަމަށް ވެއެވެ. އެއީ، ދެ ދިވެހިންނާއި 12 ބިދޭސީންނެވެ. ބޯޓު ގެއްލިގެން އުޅޭކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑް މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް ލިބުނީ ރޭ 19:10 ހާއިރު އެވެ.

ކޯސްޓްގާޑުން ބޯޓު ހޯދާފައިވަނީ މިއަދު ހެނދުނު 08:50 ހާއިރު، މ. ރަތްމަންދޫގެ އިރުން 22 ނޯޓިކަލް މޭލު ބޭރުންނެވެ. ބޯޓު ފެނުނީ އިންޖީނު ހުއްޓިފައި ވަނިކޮށްނެވެ. އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް، ކޯސްޓްގާޑު ތާޑު ސްކޮޑްރަންގެ ފާސްޓް އިންޓަރސެޕްޓަރ ކްރާފްޓް ”މާފަތް“ އިން މި ބޯޓު ހޯދާފައިވާއިރު، ބޯޓުގައި ތިބި އެންމެންގެ ހާލު ރަނގަޅުކަމަށް ވެސް އެމްއެންޑީއެފް އިން ބުނެފައި ވެއެވެ.

މިލިޔުމާއި ގުޅޭ