back to top
26 C
Malé
- އިސްތިހާރު -spot_imgspot_img

މަގްބޫލް ލިޔުންތައް

އަމާޒަކީ އާ މަސްކާރުޚާނާތަކާއެކު ރާއްޖެއިން ބޭރުކުރާ މަހުގެ %90 މަސް ދަޅުގައި ނުވަތަ ވެލިއު-އެޑްކޮށްގެން ބޭރުކުރުން: ފިޝަރީޒް މިނިސްޓަރު

ސަރުކާރުން މިހާރު އަލަށް ގާއިމްކުރުމަށް މަސައްކަތް ކުރަމުންދާ މަސް ކާރުޚާނާތައް ގާއިމުވެ މަސް ޕްރޮސެސް ކުރެވެން ފެށުމާއެކު، ރާއްޖެއިން ބޭރުކުރާ މަހުގެ ގާތްގަނޑަކަށް %90 މަސް ދަޅަށް ނޫނީ ވެލިއު އެޑެޑް އުފެއްދުންތައްކުގައި ބޭރުކުރެވިގެންދާނެކަމަށް ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.

ޅ. ފެލިވަރުގައި އިތުރަށް 100 ޓަނު، ދ، މާދެލީގައި 50 ޓަނު އަދި ގދ. ފިޔޯރީގައި 100 ޓަނުގެ މަސް ޕްރޮސެސް ކުރާ ކާރުޚާނާތައް އަޅަން ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން ޗައިނާގެ ޑޮންފަންގް އިލެކްޓްރިކް އިންޓަނޭޝަނަލް ކޯޕަރޭޝަނާއެކު ފިޝަރީޒް މިނިސްޓްރީން އެމްއޯޔޫއެއްގައި ސޮއިކުރީ އޭޕްރީލް 14 ގަ އެވެ. މާދެލީގައި އަޅަން ނިންމި މަސް ކާރުޚާނާ ފ. ނިލަންދޫ އަށް ބަދަލުކުރަން ސަރުކާރުން ފަހުން ވަނީ ނިންމި އެވެ.

މިނިސްޓަރު ވިދާޅުވީ، ތިން މަސްކާރުޚާނާގެ މަސައްކަތް ވަރަށް ބާރަށް ކުރިޔަށްގެންދެވޭތޯ މަސައްކަތްކުރައްވަމުން ގެންދަވާކަމަށެވެ. އެގޮތުން މަސައްކަތް ހަވާލުކޮށްފައިވާ ކުންފުނިން މިހާރު ސާވޭކޮށް ކޮންސެޕްޓް ޑިޒަންއިންތައް ނިންމާފައިވާކަމަށާއި، އެކުންފުނިން ސަރުކާރަށް އެކަމާ ގުޅޭ ހުރިހައި ޑޮކިއުމެންޓް ހުށަހަޅާ ހިސާބުން އެގްރީމެންޓްގައި ސޮއިކުރެވި މަސައްކަތް ފެށިގެންދާނެކަމަށެވެ. އަދި އަމާޒަކީ އަމަލީ މަސައްކްތަ ފެށޭތާ ދެ އަހަރު ދުވަހުގެ ތެޜޭގައި ނިންމާލުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

”އަމާޒަކީ 2025 ފަހުކޮޅު ނުވަތަ 2026 ގެ ކުރީކޮޅު މިބަލަނީ ކޮންމެވެސް އެއް ފެސިލިޓީއެއް ވުޖޫދުކުރޭވޭތޯ. އެގޮތަށް މަސައްކަތް ކުރިޔަށް މިގެންދަނީ.“ މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ، މި ފެކްޓްރީތައް ގާއިމުކުރެވި އޮޕަރޭޝަނަށް ގެނެވުމުން ދުވާލެއްގެ މައްޗަށް ޕްރޮސްސް ކުރެވޭ މަހުގެ އަދަދު އިތުރުވެ، ރާއްޖެއިން ބޭރުކުރާ މަސް ދަޅުގެ ގޮތުގައި ބޭރުކުރެވޭ މިންވަރުވެސް ބޮޑުތަނުން އިތުރުވެގެންދާނެކަމަށެވެ.

”މިހާރު ޕްރައިވެޓް ޕާޓީތަކާއެކީގައި،ރާއްޖޭގެ ޕްރޮސެސިންގ ކެޕޭސިޓީ މިހިރީ 110 މެޓްރިކް ޓަނުގައި ދުވާލެއްގެ މައްޗަށް. އިރާދަކުރެއްވިއްޔާ މި ފެކްޓަރީތައް ނިމުމުން އަޅުގަނޑުމެންނަށް އިތުރު 300 މެޓްރިކް ޓަނު އިތުރުވެެގެންދާނެ. އެއީ ވަރަށް ބޮޑު އަމާޒެއް. އެހެންވެއްޖެނަމަ، ގާތްގަނޑަކަށް ރާއްޖެއިން ބޭރުކުރާ މަހުގެ %90 އޭރުން ދަޅަށް ނޫނިއްޔާމު ވެލިއު އެޑްކުރެވިގެން ބޭރުކުރެވޭނެ.“ މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ރާއްޖޭގައި ބާނާ މަހުގެ ތެރެއިން ނިސްބަތުން ބޮޑު އަދަދެއް މިހާރު ބޭރުކުރަމުންދަނީ ރޯމަހުގެ ގޮތުގައި ކަމަށްވާއިރު، ހަގީގަތުގައި އެއަށް ލިބެންވާ އަގު ނުލިބޭކަމަށެވެ. އަދި، ދެމެހެއްޓެނިވި ގޮތެއްގައި ރާއްޖެއިންކުރާ މަސްވެރިކަމުގެ ފައިދާ އެހެން ބަޔަކަށް ނުވަތަ ބޭރުގެ ކުންފުނިތަކަށް ދޭން ބޭނުންނުވާކަމަށާއި، ސަރުކާރުގެ ވިސްނުމަކީ ރާއްޖެއިން ބޭރުކުރާ މަސް، ދަޅުގެ ގޮތުގައި،ނުވަތަ ޕައުޗްގައި ނުވަތަ ވެލިއު އެޑްކޮށްގެން ބޭރުކުރުން ކަމަށެވެ. މިނިސްޓަރު ވިދާޅުވީ މަސްވެރިންނަށްވެސް އަދި މަސްވެރިކަމުގެ ސިނާއަތައްވެސް ލިބޭ ފައިދާ އޭރުން މާބޮޑުވާނެކަމަށް ގަބޫލުކުރައްވާކަމަށެވެ.

”ދިވެހިރާއްޖެއަށް ބާނާ ކަޅުބިލަމަސް އަޅުގަނޑުމެން ބޭނުންވަނީ ދަޅަށް ހަދައިގެން ޕައުޗްގައި ބޭރުކުރަން.އޭރުން ދިވެހި މަހަށް ރަނގަޅު އަގެއް ލިބޭނީ. އަދި މަސްވެރިންނަށްވެސް އަމްދަނީގެގޮތުގައި ލިބޭ މިންވަރު މިހާރަށްވުރެ ރަނގަޅުވެގެންދާނެކަމަށް ގަބޫލުކުރަނީ.“ މިނިސްޓަރު ވިދާޅުވި އެވެ.

މަސްވެރިކަމުގެ ސިނާއަތުން ލިބޭ ނަފާ އިތުރުކުރުމަށް މަސްވެރިކަމުގެ ސިނާއަތު ސިންދަފާތު ކުރުމަށް ސަރުކާރުން ދަނީ މަސައްކަތްކުރަމުންނެވެ. އެގޮތުން، ލޭނު މަހަށް ހުޅުވާލާ، ރާއްޖޭގައި މެރި ކަލްޗަރ ވަކި ސިނާއަތެއްގެ ގޮތުގައިތަރައްގީކޮށް ފަރުމަހަށް ޚާއްސަ ސަރަހައްދުތަކެއް ކަނޑައެޅުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރަމުންނެވެ.

މިލިޔުމާއި ގުޅޭ