back to top
29 C
Malé
- އިސްތިހާރު -spot_imgspot_img

މަގްބޫލް ލިޔުންތައް

5 ރަށެއްގައި އައިސް ޕްލާންޓް އަޅައިދޭނެ ބަޔަކު ހޯދަނީ

ރާއްޖޭގައި ފަސް ރަށެއްގައި ސަރުކާރުން ތަރައްގީ ކުރަން ނިންމާފައިވާ އައިސް ޕްލާންޓް އަޅައިދޭނެ ބަޔަކު ހޯދުމަށް ފިނޭންސް މިނިސްޓްރީން އިއުލާނުކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީން އިންޓަނޭޝަނަލް ބީލަމަށް ހުޅުވާލާފައިވަނީ ހއ. އިހަވަންދޫ، ށ. ކޮމަންޑޫ، އއ ރަސްދޫ، ހއ ދިއްދީ އަދި ގދ ރަތަފަންދޫގައި އައިސް ޕްލާންޓް ތަރައްގީކޮށްދޭނެ ފަރާތެއް ހޯދުމަށެވެ.

މި މަޝްރޫއުތައް ކުރިޔަށްގެންދަން ޝައުގުވެރިވާ ފަރާތްތަކަށް އޮކްޓޯބަރު 20 އާ ހަމައަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައި އެކަން މިހާރު ވަނީ އާންމުކޮށް އިއުލާނުކޮށްފަ އެވެ.

ފިނޭންސުން އާންމުކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ، މާދަމައިން ފެށިގެން އޮކްޓޯބަރު 15 އާ ހަމައަށް ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރެވޭނެކަމަށާއި، އެކަމަށް 1،500ރ. ގެ ފީއެއް ނަގާނެކަމަށެވެ. އަދި، ބިޑް ސެކިއުރިޓީގެ ގޮތުގައި 250،000ރ. ހުށަހަޅަން ޖެހޭއިރު، ބިޑް ސެކިއުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީހުން ފެށިގެން 148 ދުވަސްކަމަށްވެސް އިއުލާނުގައި ބުނެފައި ވެއެވެ. އަދި، ޕްރީޓެންޑާ މީޓިންގ 10 ސެޕްޓެމްބަރުގައި ބާއްވަން ހަމަޖެހިފައިވާކަމަށްވެސް އިއުލާނުގައި ބުނެފައިވެއެވެ.

އިއުލާނުގައިވާގޮތުންނަމަ، އައިސްޕްލާންޓްތައް ގާއިމުކޮށް ދޭނެ ބަޔަކު ހޮވާނީ އިންޓަނޭޝަނަލް ބިޑިން (އެންސީބީ) އުސޫލުގެ ދަށުން ސައުދީ ފަންޑް ފޯ ޑިވެލޮޕްމަންޓްގެ ”ގައިޑްލައިން ފޯ ޕްރޮކިއުމަންޓް އޮފް ގުޑްސް އެންޑް ކޮންޓްރެކްޓިންގ ފޯ ދަ އެކްޒެކިއުޝަން އޮފް ވޯކްސް“ އާ އެއްގޮތަށް ކަމަށެވެ.

މަސްވެރިންނަށް އައިސް ލިބުމުގައި ދިމާވަމުން އަންނަ ދަތިތައް ހައްލުކުރުމަށް ސަރުކާރުން ދަނީ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ރާއްޖޭގެ ހުރިހައި ސަރަހައްދަކުން މަސްވެރިންނަށް އެއްވެސް ތަކުލީފަކާ ނުލައި އައިސް ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމަށްޓަކައި ސަރުކާރުން ދަނީ އައިސް ޕްލާންޓް އެޅުމުގެ މަސައްކަތް ކުރަމުންނެވެ. އަދި، ކުރިން ފެނަކައިން އޮޕަރޭޓް ކުރަމުންދިޔަ އައިސް ޕްލާންޓްތައް މިފްކޯގެ ބެލުމުގެ ދަށަށް ގެންގޮސް މިފްކޯއިން އޮޕަރޭޓް ކުރާ ގޮތަށް ވަނީ ނިންމާފައެވެ. މިހާރު ކުރިޔަށްދަނީ ހަވާލުކުރުމުގެ މަރުހަލާގެ މަސައްކަތެވެ.

މިލިޔުމާއި ގުޅޭ