back to top
29 C
Malé
- އިސްތިހާރު -spot_imgspot_img

މަގްބޫލް ލިޔުންތައް

އުތުރުގެ ކަނޑުތައް މިއަދު އާދައިގެ ވަރަކަށް ގަދަވާނެ: މެޓް

ރާއްޖޭގެ އުތުރުގެ ސަރަަަހައްދުގެ ކަނޑުތައް އަދިވެސް އާދައިގެ ވަރަކަށް ގަދަވާނެކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެފި އެވެ.

އެއިދާރާއިން ބުނީ، ރާއްޖެ ސަރަަހައްދަށް މިހާރު މޫސުން ރަނގަޅުވަމުން އަންނަކަމަށާއި، އެހެންނަމަވެސް ކޮންމެވެސް ވަރަކަށް ބައެއް ސަރަަހައްދުތަކަށް ކެރީގެ އަސަރު އަދިވެސް ފޯރަމުން އަންނަކަމަށެވެ. އުތުރަށް އަދިވެސް މޫސުން ކޮންމެވެސް ވަރަކަށް ގޯސްވެފައިވާއިރު، އެ ސަރަހައްދުތަކުގެ ކަނޑުތައް މި ދުވަސްވަރު އާދައިގެ ވަރަކަށް ގަދަވާނެކަމަށް އެ އިދާރާއިން ލަފާކޮށްފައި ވެއެވެ. އެހެންނަމަވެސް ދެކުނުގެ ސަރަހައްދުގެ ކަނޑުތައް މަޑުވާނެކަމަށްވަނީ ލަފާކޮށްފަ އެވެ.

މެޓް އޮފީހުން ލަފާކޮށްފައިވަނީ، ވައި މަޑުވާނެ ކަމަށެވެ. އެގޮތުން އުތުރާއި މެދުރާއްޖެ ތެރެއަށް ހުޅަނގާއި ހުޅަނގު އުތުރުން 8 މޭލާއި 18 މޭލަށް ވައިޖެހޭނެ ކަމަށް ލަފާކޮށްފައިވާއިރު، ދެކުނަށް ވައިޖެހޭނެކަމަށް ލަފާކުރަނީ، 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގަ އެވެ.

އެންމެ އުތުރުގެ ތިން އަތޮޅަށް ރޭ މޫސުން ވަރަށް ގޯސްވެ އޮރެންޖް އެލާޓް ނެރުނެވެ. އަދި އުތުރުގެ އެހެން އަތޮޅުތަކަށް ޔެލޯ އެލާޓް ނެރުނެވެ. އެހެންނަމަވެސް ފަހުން ކޮންމެވެސް ވަރަކަށް މޫސުން ރަނގަޅުވެ ދަންވަރު 01:00 އިން ހެނދުނު 07:00 ޖެހުމާ ހަމަޔަށް ވައިޓް އެލާޓާށް ދަށްކުރިއެވެ. މިވަގުތު ރާއްޖޭގެ އެއްވެސް ސަރަހައްދަކަށް މޫސުމީ އެލާޓެއް ނެރެފައި ނެތެވެ.

މެޓް އޮފީހުން ލަފާކުރަނީ ކުރިޔަށް އޮތް ތާނގައި މޫސުން ރަނގަޅުވާނެކަމަށެވެ.

މިލިޔުމާއި ގުޅޭ