ހއ. އިހަވަންދޫ އައިސްޕްލާންޓު މަރާމާތުކޮށް މަސްވެރިންނަށް އައިސް ދޫކުރަން ފަށައިފި އެވެ.
ފިޝަރީޒް މިނިސްޓްރީން ބުނީ އިހަވަންދޫ އައިސް ޕްލާންޓަށް ދިމާވި މައްސަލަ ހައްލުކޮށް އިއްޔެއިން ފެށިގެން އައިސް ދޫކުރަން ފަށާފައިވާކަމަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އައިސް ޕްލާންޓްގެ ކޮންޕްރެޝަރަށް ދިމާވި މައްސަލަ ހައްލުކޮށްފައި ވަނީ އެކަން ދިމާވިތާ ދޮޅުމަހަށް ވުރެ ގިނަ ދުވަސްވެފައި ވަނިކޮށްނެވެ.
އައިސް ޕްލާންޓައް މައްސަލަޖެހިފައި އޮތް ދުވަސްވަރު އައިސް ނުލިބޭތީ އެސަރަހައްދުގެ ގިނަ މަސްވެރިން އައިސް ހޯދީ އޮންނަ ށ އަތޮޅު ކީކިމިން އިންނެވެ. މިކަންވީ ހއ މަސްވެރިންނަށް ކުރިމަތިވި ވަރަށް ބޮޑު ތަކުލީފަކަށެވެ.