back to top
32 C
Malé
- އިސްތިހާރު -spot_imgspot_img

މަގްބޫލް ލިޔުންތައް

25 ރުފިޔާއަށް ކިރި މަހަށް އެ ރޭޓުން ފައިސާ ދޭނަން: މިނިސްޓަރމަސްް

މަސްވެރިން އަތުން މިފްކޯއަށް 25 ރުފިޔާގެ ރޭޓުން ކިރުވި މަހަށް ހަމަ އެ ރޭޓުން ފައިސާ ދައްކާނެކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.

މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައި މަޖިލީހުގެ ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބް އަބްދުﷲ ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރ ވިދާޅުވީ، މަސްވެރިން އަތުން ފަންސަވީސް ރުފިޔާއަށް ގަތް މަހަށް އެރޭޓުން ބިލު ދައްކާ ޚަލާސް ކުރާނކަމުގެ ޔަގީންކަން ދޭކަމަށެވެ.

ވޭތުވެދިޔަ ތިން މަސް ދުވަހުގެ ތެރޭގައި މަސްވެރިންނަށް ފައިސާ ނުލިބުމުގެ ސަބަބުން ބިލުތަކާއި ލޯނުތައް ދެއްކުމުގައި ދަތިތައް ދިމާވެ ޖޫރިމަނާވެސް ވެފައިވާކަމަށްވުމުން އެ ބިލުތަކަށް ސަރުކާރުން ޒިންމާވާނެތޯވެސް މެންބަރު ޔައުގޫބް ކުރެއްވި ސުވާލުގެ ޖަވާބުގައި މިނިސްޓަރު ވިދާޅުވީ އެކަމަށް ސަރުކާރުން ޒިންމާ ނުވާނެކަމަށެވެ. އެހެންނަމަވެސް މަސްވެރިން ނަގާފައިވާ ލޯނުތަކަށް ފައިސާ ދެއްކުމުގައި ލުއިތަކެއް ހޯދަން ބޭންކުތަކާއި ވާހަކަ ދައްކާނެކަމަށެވެ.

މި މައްސަލައިގައި ކެޔޮޅާއާ ވާހަކަ ދެއްކި މަސްވެރިން ބުނީ އެމީހުން ބޭންކުތަކަށް ދަރައި، ސަރުކާރުގެ ޔުޓިލިޓީސް ކުންފުންޏަށް ފައިސާ ނުދެއްކެނީ ސަރުކާރުގެ ޒިންމާދާރުކަން ކުޑަކަމުން ކަމަށެވެ. އެކަމަށް ސަރުކާރުން ޒިންމާވާން ޖެހޭ ކަމަށް މަސްވެރިން ބުންޏެވެ.

”އަހަރުމެން ލޯނު ނަގަނީ ކޮންމެ މަހަކު މަސްވެރިކަމުން ލިބޭ ފައިސާ އަށް ލަފާކޮށް އެއަށް ބަރޯސާ ވެގެން. މަސް މިވިއްކަނީ ސަރުކާރަށް. އެހެންވީމައި މިނިސްޓަރު ކިޔާ އެއްޗެއްގައި ދެކޮޅު ނުޖެހޭ. ލޯނު ފައިސާ ދައްކަން ދީފައި އޮންނަ މުއްދަތަށް ނުދައްކައިިފިއްޔާ ބޮޑު އިންޓަރެސްޓެއް އެބަ އަރާ. ކަރަންޓް ބިލު، ފެންބިލު، އިންޓަނެޓު، ބިލް ނުދެއްކިގެން މިއުޅެނީ އަހަރުމެން ފަރުވާކުޑަވެގެންނެއް ނޫން.“ މަސްވެރިއަކު ބުންޏެވެ.

މަސްވެރިން ދަނީ ކޫއްޑޫއާއި އައްޑޫއަތޮޅު ހުޅުދޫގައި އިހުތިޖާޖު ކުރަމުންނެވެ. އެމީހުން ގޮވާލަނީ ވަގުތުން ވަގުތަށް ލާރި ދިނުމަށެވެ. އެހެންނަމަވެސް ސަރުކާރުން ބުނެފައިވަނީ އަންނަ މަހުގެ ފަހެއްގެ ކުރިން މިހާރު ހުރި ބިލުތަކަށް ފައިސާ ދައްކާނެ ކަމަށެވެ.

މިލިޔުމާއި ގުޅޭ