back to top
32 C
Malé
- އިސްތިހާރު -spot_imgspot_img

މަގްބޫލް ލިޔުންތައް

އައްޑޫ މޭޔަރަށް އެއްވެސް ވަރަކަށް އަހަރުމެންގެ އިހުސާސް ނޭނގޭ: އައްޑޫ މަސްވެރިން

މަސްވެރިން މިފްކޯއަށް ކިރުވި މަހަށްވާ ފައިސާ ނުދީގެން އައްޑޫ ގިނަ އަަދަދެއްގެ މަސްވެރިން ހުޅުދޫ މަސްފެކްޓްރީ ދޮށުގައި އިހުތިޖާޖު ކުރަމުން އަންނައިރު އައްޑޫ ސިޓީ މޭޔަރު ނިޒާރު ވީ ތަނެއް ނޭނގޭ ކަމަށް އައްޑޫ މަސްވެރިން ބުނެފިއެވެ.

ކެޔޮޅާއާ އައްޑޫން ވާހަކަ ދެއްކި މަސްވެރިއަކު ބުނީ އައްޑޫ މަސްވެރިންނަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި ދަތިތައް ހިއްސާކޮށް އެހީއަށް އެދެމުން ދާއިރު، މިވީހާތަނަށް ނިޒާރު އެމީހުންނާއި ބައްދަލު ނުކުރާ ކަމަށެވެ. އަދި ވެގެން އުޅެނީ ކީއްތޯވެސް ބަލާނުލާ ކަމަށެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު އައްޑޫއަށް ކުރެއްވި ދަތުރުފުޅުގައި ރައީސްގެ އަރިހުން ނިޒާރު ފެނުނު ކަމަށާއި، އަދި ނޫސްތަކުން ނިޒާރު ސަރުކާރަށް އެއްބާރުލުން ދޭނެކަމަށް ބުނާ ޚަބަރު އަޑު އިވެމުން އަންނަ ކަމަށް މަސްވެރިން ބުންޏެވެ.

“ ހިޔެއްނުވޭ ނިޒާރަށް ވެގެން މިއުޅެނީ ކީއްކަމެއް އިނގޭހެންނެއް. ދެއަތް ފަހަަތަށް ލައިގެން ރައީސް ކައިރިގައި އިންތަން ފެނޭ. ގައިމު ރައީސް ކައިރީގައިވެސް އަހަރުމެންގެ ވާހަކަ ދައްކަން ޗާންސް ލިބޭނެ ދޯ؟ ގައިމު އެވާހަކަ ދެއްކި ނަމަ މީޑިއާތަކުން އެވާހަކަ ބުނާނެ. ނިޒާރު ނުދައްކާ ޔަގީން. މީޑިއާތަކުން ނިޒާރުގެ ވާހަކަ ވަރަށް ގެނެސްދޭ. ސަރުކާރަށް އެއްބާރުލުން ދޭންވީ ކީއްކުރަން އަހަރުމެންނަށް އެއްބާރުލުން ނުދެންޏާ؟ އަހަރުމެންގެ އިހުސާސް ނޭނގޭތީ އެހީ ނުވަނީ. އެހެން ދޯ ބުނެވޭނީ.“ މަސްވެރިން ބުންޏެވެ.

އައްޑޫ މަސްވެރިން އިހުތިޖާޖު ކުރަން ފެށީ އިއްޔެ އެވެ. އައްޑޫ މަސްވެރިން ބުނީ ސަރުކާރުން އެމީހުންނަށް ދޭން ހުރި ފައިސާ ނުދެނީސް ގެއަށް ނުދާނެކަމަށެވެ. އެނޫނީ ވަކިކޮޅެއްގައި އެކަން ހަމަޖައްސަދެން ނުދާނެކަމަށެވެ. އެމީހުން ބޭނުން ވަނީ ވަގުތުން ވަގުތަށް މަސްވެރިންގެ ބިލު ދެއްކުމަށެވެ.

 

މިލިޔުމާއި ގުޅޭ