ސަރުކާރުން ގާއިމުކުރަން ނިންމާފައިވާ މަސްވެރިކަމާބެހޭ ކޮލެޖް މާލޭގައި ގާއިމުކުތަން ނިންމުމާއި ގުޅިގެން އައްޑު ސިޓީގެ މޭޔަރު އަލީ ނިޒާރު ކަންބޮޑުވުން ފާޅުކޮށްފި އެވެ.
ސޯޝަލް މީީޑިއާގައި ކަންބޮޑުވުން ފާޅުކޮށް ނިޒާރު ހިއްސާކުރެއްވި މެސެޖެއްގައި ވިދާޅުވީ، މަސްވެރިންްގެ އާބާދީ ބޮޑު ހުވަދު އަތޮޅު ނުވަތަ އެނޫނަސް ވަސްވެރިން ގިނަ އެހެން އަތޮޅެއްގައި މަސްވެރިކަމާބެހޭ ކޮލެޖު ގާއިމުކުުރިނަމަ، އެކަން ހެޔޮފާލަކަށް ވެގެންދާނެކަމަށެވެ. އަދި ގިނަ މަސްވެރިން ނިސްބަތްވަނީ އަތޮޅުތެރެއަށްކަމަށްވީއިރު، މަސްވެރިކަމާބެހޭ ތައުލީމު އުގެނުމަށް މާލެ ދާން ޖެހޭގޮތަށް ސަރުކާރުން ނިންމި ނިންމުން އެއީ ނުރަނގަޅު ސިޔާސަތެއްގެ ގޮތުގައި ނިޒާރު ސިފަކުރެއްވި އެވެ.
”އަތޮޅުތެރޭ ތިއްބެވި މަސްވެރިންވެސް ނުވަތަ ޝައުގުވެރިވާ އެހެންބޭފުޅުންވެސް މާލެ ގެންދަން ނުވަތަ މާލެ ”ތޮއްޖައްސަން“ އިތުރު ސިޔާސަތެއް އައުމަކީ ރަގަޅު ނިންމުމެއް ނޫން.“ ނިޒާރު ވިދާޅުވި އެވެ.
ފިޝަރީޒް މިނިސްޓްރީއާއި މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީ(އެމްއެންޔޫ) އާ ގުޅިގެން މާލެ ސިޓީގައި މަސްވެރިކަމާބެހޭ ކޮލެޖު ގާއިމުކުރުމުގެ މަސައްކަތް ވަނީ ފަށާފައެވެ. އެމްއެންޔޫއިން ބުނީ ކޮލެޖުގެ ކިޔެވުންއަން އޯގަސްޓަމަހު ފެށުމަށް ތައްޔާރުވަމުން އަންނަކަމަށެވެ. އަދި ކިޔެވުން ފަށާނީ މަސްވެރިކަމާނެހޭ ކުރު ކޯސްތަކުން ކަމަށާއި، ކިޔެވުން ފެށުމާއެކު މިހާރު އެމްއެންޔޫއިން ކުރިޔަށްގެންދާ މަސްވެރިކަމުގެ ދާއިރާގެ ކޯސްތައްވެސް ކޮލެޖުގެ ދަށުން ހިންގަން ފަށާނެކަމަށެވެ.
މަސްވެރިކަމާބެހޭ ކޮލެޖެއް ރާއްޖޭގައި ގާއިމުކުރާނެކަން ސަރުކާރުން ހާމަކުރައްވާފައިވަނީ މިދިޔަ އަހަރުގެ މަސްވެރިންގެ ދުވަހު އެވެ.