back to top
28 C
Malé
- އިސްތިހާރު -spot_imgspot_img

މަގްބޫލް ލިޔުންތައް

އަންހެނުންގެ ދުވަސް ފާހަނގަކުރުމަށް ގޮއިދޫގައި މަސް ރޭހެއް ބާއްވަނީ

މިއަހަރުގެ އަންހެނުންގެ ދުވަހުގެ މުނާސަބާގައި ބ. ގޮއިދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީން މަސްރޭހެއް ބާއްވަން ނިންމައިފި އެވެ.

މަސްރޭހާއި ގުޅޭގޮތުން އެ ކޮމިޓީން އާންމުކޮށްފައި އިއުލާނުގައި ބުނެފައިވަނީ މަސްރޭސް އޮންނާނީ މިމަހުގެ 11 ވަނަ ދުވަހުގައި ކަމަށެވެ. މަސް ރޭހުގައި ބައިވެރިވާން ބޭނުންވާ ޓީމުތަކުން މިމަހުގެ ހަވަނަ ދުވަހުގެ 12:00 ޖެހުމުގެ ކުރިން ކޮމިޓީގެ ރައީސާ ފާޠިމަތު އަބްދުއްރަހީމަށް ގުޅުއްވައިގެން ޓީމް ލިސްޓު ހުށަހަޅުއްވަން އެދޭކަމަށް އިއުލާނުގައި ބުނެފައި ވެއެވެ. ޓީމެއްގައި ގިނަވެގެން ހިމެނެނީ 2 ފިރިހެނުންނާއި، 3 އަންހެނުންނެވެ.

މަސްރޭސްގެ ގަވާއިދުވެސް މިހާރު ވަނީ އާންމުކޮށްފަ އެވެ. ގަވާއިދުގައި ވާގޮތުން، އެރޭހުގައި ބާނާ މަސް ގުނާއިރު، ކުރުމަސް، ރާގޮނޑި، ކަންނެލި، ކަނޑުމަސް، ހިބަރު، ރޮނޑު އަދި ގާނޫނީ ގޮތުން ބޭނުން މަނާ އެއްވެސް އެއްޗެއް ނުހިމެނޭނެއެވެ. އަދި މަސްބާނަން ދިރޭ އެން ބޭނުންކުރުންވެސް މަނަލެވެ.

މަސްރޭހުގައި ބައިވެރިވާ ޓީމުތައް މަހަށް ފުރާނީ ހަވީރު 04:30 ގައި ކަމަށާއި އެންބުރި އައުމަށް ހަމަޖެހިފައިވަނީ ރޭގަނޑު 08:30 ގަ އެވެ. މަސްރޭހުގައި ވަނަވަނައަށް އަންނަ ޓީމުތަކަށް ފައިސާގެ އިނާމެއް ދިނުމަށް ވަނީ ނިންމާފަ އެވެ. އެގޮތުން އެއްވަނަ ޓީމަށް 3،000 ރުފިޔާ، ދެވަނަ ޓިމަށް 2،000 ރުފިޔާ، ތިންވަނަ ޓީމަށް 1،000 ރުފިޔާ އަދި އެންމެ ބަރުމަސް ބާނާ ފަރާތަށް 500 ރުފިޔާ ދިނުމަށް ވަނީ ރާވާފަ އެވެ.

*މަސް ރޭހާއި ގުޅޭ މައުލޫމާތު ހޯދުމަށް ގުޅުއްވާނީ 9919136 ނުވަތަ 9180011 ފޯން ނަންބަރަށެވެ.

 

މިލިޔުމާއި ގުޅޭ