back to top
30 C
Malé
- އިސްތިހާރު -spot_imgspot_img

މަގްބޫލް ލިޔުންތައް

އޮޑިފަހަރުގައި ލޮނުފެނުން މަސް ފިނިކުރާ ނިޒާމު ގާއިމުކުރުމަށްދޭ ލޯނަށް އަލުން ހުޅުވާލަނީ

މަސްވެރިކަންކުރާ އޮޑިފަހަރުގައި ލޮނުފެނުން މަސް ފިނިކުރާ ނިޒާމު ނުވަތަ ރެފްރިޖަރޭޓެޑް ސީ ވޯޓަރ ސިސްޓަމް(އާރްއެސްޑަބްލިޔު) ގާއިމުކުރުމުގެ މަޝްރޫގެ ދަށުން ކުރިޔަށްގެންދާ ”މުރާބަޙާ އާރްއެސްޑަބްލިއު ފައިނޭންސިންގ“ ފެސިލިޓީއަށް އެދުމުގެ ފުރުސަތު އަލުން ހުޅުވާލަން ފިޝަރީޒް މިނިސްޓްރީން ނިންމައިފި އެވެ.

”މުރާބަޙާ އާރްއެސްޑަބްލިއު ފައިނޭންސިންގ“ ފެސިލިޓީއަކީ، އިސްލާމިކް ޑެވެލޮޕްމެންޓް ބޭންކް(އައިޑީބީ) އާއި ލައިވްސް އެންޑް ލައިވްލިހުޑް ފަންޑް(އެލްއެލްއެފް)އާއި ފިޝަރީޒް މިނިސްޓްރީ ގުޅިގެން ފަށާފައިވާ ”ސަޕޯޓް ޕީޕަލްސް ލައިވްލިހޫޑް އިން ފިޝަރީޒް ސެކްޓަރ އިން މޯލްޑިވްސް ތްރޫ ސަސްޓެއިނަބަލް އެނަރޖީ މަޝްރޫޢު“ ގެ ދަށުން އޮޑިފަހަރުގައި އާރްއެސްޑަބްލިއު އެޅުމަށް، އެސްއެމްއީ ޑެވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން(އެސްޑީއެފްސީ) މެދުވެރިކޮށް ހަމަޖައްސާފައިވާ ފައިނޭންސް ފެސިލިޓީ އެކެވެ. މި މަޝްރޫއުގެ ދަށުން މަދުވެގެން 100 އެއްހާ ދޯނީގައި އާރްއެސްޑަބްލިއު ސިސްޓަމްތައް އެޅުމަށް ވަނީ ހަމަޖެހިފައެވެ.

އާރްއެސްޑަބްލިއު ސިސްޓަމް ހަރުކުރުމަށް، އިސްލާމީ ޝަރީޢާ ހުއްދަކުރާ މުރާބަޙާ އުސޫލުން ފައިނޭންސްކޮށްދިނުމުގެ ފުރުޞަތު އެސްޑީއެފްސީގެ އިސްލާމިކް ވިންޑޯއިން ފުރަތަމަ ހުޅުވާލީ މިދިޔަ އަހަރުގެ ސެޕްޓެމްބަރުމަހުގެ 22 އިން ނޮވެމްބަރު 30 ވަނަ ދުވަހުގެ ނިޔަލަށެވެ. އެ މުއްދަތުގެ ތެރޭގައި ފެސިލިޓީއަށް އެދި 39 ފަރާތަކުން ލޯނަށް ފޯމް ހުށަހަޅާފައިވާއިރު، އޭގެތެރެއިން ޝަރުޠު ހަމަވީ 19 ފަރާތަށް ލޯނު ދިނުމަށް ވަނީ ނިންމާފަ އެވެ. އެ ފަރާތްތަކަށް ލޯނު ޕްރޮސެސްކުުރުމުގެ މަރުހަލާތައް ކުރިޔަށްދާކަމަށް އެސްޑީއެފްސީން މީގެ ކުރިން ބުނެފައި ވެއެވެ.

ފިޝަރީޒް މިނިސްޓްރީން ބުނީ، ”މުރާބަޙާ އާރްއެސްޑަބްލިއު ފައިނޭންސިންގ“ އެދި ހުށަހެޅުމުގެ ފުރުސަތު މި މަހުގެ ހަތްވަނަ ދުވަހު އަލުން ހުޅުވާލުމަށް ނިންމާފައިވާކަމަށެވެ. މި ފެސިލިޓީގެ ދަށުން ފައިނޭންސްކޮށްދެނީ، މަސްދޯނިފަހަރުގައި އާރްއެސްޑަބްލިއު ސިސްޓަމް ޤާއިމްކުރުމަށާއި، ޖެނެރޭޓަރ ސެޓް ގަތުމަށާއި، ސޯލާ ޕަވަރ ޕެނަލް ސިސްޓަމް ގަތުމަށެވެ.

’މުރާބަޙާ އާރްއެސްޑަބްލިއު‘ ފައިނޭންސިންގ ގެ ދަށުން، 2,000,000 ރުފިޔާ އާއި ހަމައަށް ފައިސާ ދޫކުރާއިރު، ފައިދާ ހިސާބު ކުރަނީ އަހަރަކަށް %6 ގެ މަގުންނެވެ.މި ފެސިލިޓީގެ ދަށުން ނަގާ ތެކެތީގެ އަގުގެ 35 އިންސައްތަ ދައްކައިދެނީ ސަރުކާރުންނެވެ. ގިނަވެގެން 10 އަހަރު ދުވަހުގެ ތެރޭގައި ދައްކާ ޚަލާސްކުރާ ގޮތަށް މި ފެސިލިޓީގެ ދަށުން ފައިނޭންސްކޮށްދޭއިރު، 6 މަސް ދުވަސް ގްރޭސް ޕީރިއެޑްގެގޮތުގައި ހަމަޖައްސައި ދެއެވެ.

މިލިޔުމާއި ގުޅޭ