ގދ ފިޔޯރީގައި ރިހާކުރު އުފައްދާ ފެސިލިޓީއެއް ގާއިމުކުރުމަށް ޗައިނާ ކުންފުންޏަކާއެކު އެއްބަސްވުމަކަށް އައިސްފި އެވެ.
ފިޔޯރީގައި ރިހާކުރު އުފައްދާ ފެސިލިޓީއެއް ގާއިމުކުރަނީ، ދިވެހިރާއްޖޭގައި މަސް ލޭންޑިންގ، ޕްރޮސެސިންގ އެންޑް ސްޓޯރޭޖް ފެސިލިޓީސް ތަރައްޤީކޮށް ފައިނޭންސް ކުރުމަށް ޗައިނާގެ ޑޮންގްފަންގް އިލެކްޓްރިކް އިންޓަރނޭޝަނަލް ކޯޕަރޭޝަނާއެކު މިއަދު ފިޝަރީޒް މިނިސްޓްރީން ސޮއިކުރި އެއްބަސްވުމުގެ ދަށުންނެވެ. މިިނިސްޓަރު އަހްމަދު ޝިޔާމް ސޮއިކުރެއްވި މިއެއްބަސްވުމުގެ ދަށުން، ދ. މާދެލި، ގދ، ފިޔޯއަރީ އަދި ޅ. ފެލިވަރުގައި މަސްވެރިކަމާ ގުޅުންހުރި މުހިންމު މަޝްރޫއުތަކެއް ކުރިޔަށް ގެންދަން ހަމަޖެހިފައި ވެއެވެ.
އެގޮތުން، ފިޔޯރީއަށް ބަލާއިރު، މިއެއް ބަސްވުމުގެ ދަށުން އެރަށުގައި، 3،000 ޓަނުގެ ކޯލްޑް ސްޓޯރޭޖްއެއް ގާއިމުކޮށް، ބްރައިން، އަދި ބްލާސްޓް ފްރީޒިން ފެސިލިޓީއެއް ގާއިމުކުރާނެއެވެ. އަދި، ދުވާލަކު 100 ޓަނުގެ ޕްރޮސެސިން ފެސިލިޓީއަކާއި، މަސް މީލް ޕްލާންޓެއްގެ އިތުރުން ރިހާކުރު އުފައްދާ ފެސިލިޓީއެއް ހިމަނާފައިވާ ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެފައި ވެއެވެ.