back to top
31 C
Malé
- އިސްތިހާރު -spot_imgspot_img

މަގްބޫލް ލިޔުންތައް

މިފްކޯގެ ސީއީއޯ އަނެއްކާވެސް 21 ދުވަހުގެ ސަސްޕެންޝަނަަކަށް!

މިފްކޯގެ ސީއީއޯ އަހްމަދު ޝަމާހް ރަޝީދުގެ ސަސްޕެންޝަން މުއްދަތު އިތުރުކޮށްފި އެވެ.

ކެޔޮޅާއަށް އެނގިފައިވާ ގޮތުގައި، ކުރިން ސަސްޕެންޑް ކުރި މުއްދަތު މިއަދަށް ހަމަވާތީ މިއަދު ބޭއްވި ޕްރައިވެޓައިޒޭޝަން އެންޑް ކޯޕޮރޮޓައިޒޭޝަން ބޯޑް(ޕީސީބީ)ގެ މިއަަދުގެ ޖަލްސާއެއްގައި މިކަމާއި ގުޅޭ މަޝްވަރާތަށްކޮށް، މާދަމާއިން ފެށިގެން އަނެއްކާވެސް އެކާވީސް ދުވަހަށް ސަސްޕެންޝަން މުއްދަތު ވަނީ އިތުރުކޮށްފަ އެވެ. ޕީސީބީން ބުނަނީ ސަސްޕެންޝަނަކީ ޝާމާހަށް ދިން އަދަބެއް ނޫންކަމަށާއި، މަގާމުގެ ޒިންމާއިން ވަގުތީ ގޮތުން އެކަހެރިކޮށްފައިވަނީ އިދާރީ ފިޔަވަޅެއްގެ ގޮތުންކަމަށެވެ. އަދި ސަސްޕެންޑް ކުރަނީ މަގާމުތަކުގެ ޒިންމާ އަދާކުރުމުގައި ބަހައްޓައިފިނަމަ، އިންކުއަރީއަށް ހުރަސް އެޅިދާނެތީ ނުވަތަ އިންކުއަރީއަށް ނުފޫޒު ފޯރުވޭނެ ޖާގަނުދިނުމަށް ކަމަށެވެ.

ޕީސީބީން ޝަމާހް ސަސްޕެންޑްކޮށްފައިވަނީ އޭނާއާ ގުޅޭގޮތުން ޕީސީބީގެ ވިޒްލްބްލޯވަރ ޕޯޓަލްއިންނާއި، އެ ބޯޑަށް ހުށަހެޅިފައިވާ މައްސަލަތަކާއި ގުޅިގެން އިންކުއަރީއެއް ހިންގުމަށްޓަކައި، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ޑިރެކްޓަރުންގެ ސުލޫކީ މިންގަޑާއި ޝަކުވާ ހުށަހެޅުމާއި، އަދި ފިޔަވަޅު އެޅުމާއި ބެހޭ އުސޫލުގެ 25 ވަނަ މާއްދާގެ (ށ) ގެ އެއްވަނަ ނަންބަރުގައިވާ ހާލަތައް ރިއާޔަތްކޮށްކަމަށް ޕީސީބީން ބުނެފައި ވެއެވެ.

މުސާރައާއި އިނާޔަތް ނުހިނގާގޮތަށް ޝަމާހް ވަގުތީ ގޮތުން މަގާމުގެ މަސްއޫލިއްޔަތުތަކުން ސާދަ ދުވަހުގެ މުއްދަތަށް އެކަހެރިކޮށްފައިވަނީ މިމަހުގެ 18 ވަނަ ދުވަހުއެވެ. އެމުއްދަތު މިއަދަށް ހަމަވީ އެވެ. އެހެންކަމުން ޕީސީބީ ބޯޑުން މިއަދު ނިންމާފައިވަނީ މުސާރައާއި އިނާޔަތް ހިނގާގޮތަށް ސަސްޕެންޝަން މުއްދަތު މާދަމާއިން ފެށިގެން މިމަހުގެ 21 ވަނަ ދުވަހާ ހަމަޔަށް އިތުރު ކުރުމަށެވެ. ޕީސީބީ އިން ބުނީ، ސަސްޕެންޝަންގެ ފުރަތަމަ ސާދަ ދުވަހުގެ މުސާރައާއި އިނާޔަތްތައް، ޝަމާހް މައްޗަށް އިންކުއަރީ ހިންގަމުންދާ ކަންތައްތައް ސާބިތު ނުވެއްޖެނަމަ އިޔާދާވާނެކަަމށެވެ.

ޕީސީބީން ޝަމާހުގެ މައްޗަށް ތުހުމަތުކުރާ ކަންތައްތަކުގެ ތެރޭގައި ކުންފުނީގެ މުދަލާއި ވަސީލަތްތައް އަމިއްލަ ބޭނުމުގައާއި ސިޔާސީ ބޭނުންތަކަށް ފާޅުކަންބޮޑު ގޮތެއްގައި ބޭނުންކުރުމާއި، ކުންފުނީގެ ދާއިމީ މުވައްޒަފުން ނުހައްގުން ވަޒިފާގެ މަސްއޫލިއްޔަތުން ދުރުކުރުމާއި, ވަޒީފާގެ ބިރުދެއްކުމާއި, ދާއިމީ މަގާމްތަކުގައި ތިއްބެވި މުވައްޒަފުންނަށް ވަޒީފާއާބެހޭ ގާނޫނާއި ޚިލާފުވާ ސަބަބެއްނެތި މަގާމާއި މުސާރަ ދަށްކުރުމާއި, ސަބަބެއް ނެތި އެހެން ޑިޕާޓްމަންޓްތަކަށާއި, ކުންފުނީގެ ސައިޓުތައް ހުންނަ ރަށްރަަށަށް ބަދަލުކުރުން ހިމެނެއެވެ. އަދި، ކުންފުނީގެ މުވައްޒަފުން ނެގުމާއި ގުޅޭގޮތުން ހަދާފާއިވާ ޕޮލިސީތަކާއި މުސާރައިގެ އޮނިގަޑާއި ޚިލާފަށް ސީއީއޯގެ އާއިލީ ގުޅުންހުރި ފަރާތްތަކަށާއި, ރައްޓެހިންނަށް ބަޖެޓް ހަމަޖެހިފައި ނުވަނީސް ވަޒީފާ ދިނުމާއި، ބެސްޓު ޕްރެކްޓިސްއާއި ގަވަރނަންސް އުސޫލުތަކާއި ޚިލާފަށް ހެޑް ހަންޓް ކުރުމުގެ ނަމުގައި މުވައްޒަފުންގެ ގަވާއިދާއި ޚިލާފަށް, އެއްވެސް ޝަރުތަކަށް ބެލުމެއްނެތި, އާންމުކޮށް އިއުލާން ކުރުމަކާނުލާ, އިޖުރާތުތައް ފުރިހަމަނުކޮށް މުވައްޒަފުން ވެއްދުމާއި،  ޕީސީބީގެ ހުއްދަ ހޯދުމަކާނުލާ, ކުންފުނީގެ މަގާމްތައް އުފައްދާ, އެމަގާމްތަކަށް މީހުން ވެއްދުމާއި، އުސޫލުތަކާއި ޚިލާފަށް, އެކަށީގެންވާ ތައުލީމާއި ތަޖުރިބާ ނެތް ފަރާތްތައް ޑިޕާޓްމަންޓްތަކުގެ ވެރިންނަށް ލުންވެސް ހިމެނެއެވެ.

ޝަމާހް ވަނީ ޕީސީބީގެ މި ހުރިހާ ތުހުމަތުތަކަށް އިންކާރުކުރައްވާފަ އެވެ. ޝަމާހް ވިދާޅުވަމުން ގެންދަވަނީ، މިފްކޯގެ އިސް މުވައްޒަފަކާއި ޕީސީބީގެ މުވައްޒަފަކާއި ގުޅިގެން ރޭވުމެއްގެ ތެރެއިން އޭނާ ނުކުރާކަންތައްތަކެއް ބޮލުގައި އަޅުވަން މަސައްކަތް ކުރަމުން އަންނަ ކަމަށާއި، އޭނާގެ ސަސްޕެންޑް ކުރީ ގާނޫނީ އިޖުރާއަތުތަށް ފުރިަހަމަ ނުކޮށްކަމަށެވެ. އަދި މިހާތަނަށް އާއިރު ޕިސީބީން ތުހުމަތުކޮށްފައިވާ ކަންތައްތަކާއި ބެހޭ ގޮތުން އޭނާއާ ސުވާލުކޮށްފައި ނުވާކަމަށް މަޖިލިސްގެ އެސްއޯއީ ކޮމިޓީގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވެފައި ވެއެވެ.

މިލިޔުމާއި ގުޅޭ