މ.ދިއްގަރުގައި ސަރުކާރުން ޤާއިމުކުރާ ގޭދޮށު މަސްފެކްޓަރީ އިމާރާތްކުރުމުގެ މަސައްކަތްތަކަށް ކޮންސަލްޓެންސީގެ ޚިދުމަށް ދޭނެ ފަރާތެއް ހޯދަން އެރަށު ކައުންސިލުން އިއުލާނުކޮށްފި އެވެ.
ކައުންސިލުން މިހާރު ވަނީ އެކަމަށް ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފަ އެވެ.
އެކައުންސިލުން މިކަމާއި ގުޅޭގޮތުން މިއަދު ނެރުނު ބަޔާނުގައި ބުނެފައިވަނީ، ޓީ.އޯ.އާރާއި އެއްގޮތަށް ކޮންސަލްޓެންސީގެ ހިދުމަތް ދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، މިމަހުގެ 26 ވަނަ ދުވަހުގެ 13:00 ގެ ކުރިން projects@dhiggaru.gov.mv އަށް އެކްސްޕްރެޝަން އޮފް އިންޓްރެސްޓް ހުށަހެޅުއްވުމަށް އެދޭ ކަމަށެވެ. އަދި، އެކްސްޕްރެޝަން އޮފް އިންޓްރެސްޓް ހުށަހަޅާއިރު އައި.ޑީ ކާޑު ކޮޕީއާއި، ވަނަވަރާއި، ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީގެ އިތުރުން މަސައްކަތު ތަޖުރިބާ އަންގައިދޭ ލިޔުންތައް ހުށަހެޅުމަށް ކައުންސިލުން އެދިފައި ވެއެވެ.
އެކްސްޕްރެޝަން އޮފް އިންޓްރެސްޓް ހުށަހަޅުއްވާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ސެޓްފިކެޓްތަކާއި ތަޖުރިބާގެ ލިޔުންތަކަށް ބެލުމަށްފަހު ޝޯޓްލިސްޓްކުރާ ފަރާތްތަކަށް ފައިނޭޝިއަލް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތުދޭނެކަމަށް ކައުންސިލުން ބުނެއެވެ. އަދި، މިކާމާއި، ގުޅޭގޮތުން އިތުރު މަޢުލޫމާތެއް ސާފުކުރަން ބޭނުންނަމަ، ކައުންސިލްހެ ނަންބަރު 6720031 އާއި ގުޅާލުމުން ނުވަތަ،info@dhiggaru.gov.mv އަށް އީމެއިލްކުރުމުން، އެކަން ފަހިކޮށްދޭނެކަމަށްވެސް ކައުންސިލުން ބުނެފައި ވެއެވެ.
ދިއްގަރުގައި ގޭދޮށު މަސްފެކްޓަރީ ގާއިމުކުރަނީ އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުންނެވެ.