މޫކޭގެ ކެމްޕޭން ޓީމުން މަސްރޭހެއް ބާއްވަނީ
ކެޔޮޅާ |
17 މާރޗް 2024

ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި އެމްޑިޕީގެ ޓިކެޓުގައި ހުޅުމާލެ އުތުރު ދާއިރާއަށް ވާދަކުރައްވާ މޫސާ އަލި މަނިކު (މޫކޭ)ގެ ކެޕްމޭން ޓީމުން މަސްރޭހެއް ބާއްވަން ނިންމައިފި އެވެ.

މޫކޭގެ ކެމްޕޭން ޓީމުން އިންތިޒާމުކޮށްގެން ބާއްވާ ”ހުޅުމާލެއުތުރުމަސްރޭސް“ ގައި ބައިވެރިވުމުގެ ފުރުސަތު ދާއިރާގެ ހުރިހާ ފަރާތްތަކަށް މިހާރު ވަނީ ހުޅުވާލާފަ އެވެ.

10-4 މީހުންގެ ހިމަނައިގެން ޓީމް ބައިވެރިވުމަށް ފުރުސަތު ހުޅުވާލާފައިވާއިރު، އެއްވަނައަށް އަންނަ ޓީމަކަށް ވަނީ ދިހަ ހާސް ރުފިޔާގެ އިނާމެއް ހުށަހަޅާފަ އެވެ. އަދި އެންމެ ބޮޑު މަސް ބާނާ ޓީމަކަށް ދެހާސް ރުފިޔާގެ އިނާމެއްވެސް ދޭން ވަނީ ނިންމާފަ އެވެ.

މަސްރޭހުގައި ރަޖިސްޓްރީކުރުމަށް ބޭނުންވާ ފަރާތްތަކުން 9993505 އަށް ގުޅާލައިގެން ނުވަތަ މެސެއްޖެއްކޮށްގެންވެސް ރަޖިސްޓްރީކޮށްލެވޭނެ އެވެ.

ހުޅުމާލެ އުތުރު ދާއިރާ އަކީ ފޭސް-2 ގެ ދާއިރާ އެކެވެ. މޫކޭ ވިދާޅުވީ، ”ފޭސް 2 އަށް ދިރުން“ ގެންނަން ތައްޔާރަށް ހުންނެވި ކަމަށާއި، ގާނޫނު އަސާސީން ކަށަވަރުކޮށްދޭ ހައްގުތައް ހޯދައިދިނުމަށް ”ބިރެއް، އިމެއް ނެތި“ ވަކާލާތު ކުރައްވާނެކަމަށެވެ.

ގުޅުންހުރި ލިޔުންތައް
error: Content is protected !!