back to top
29 C
Malé
- އިސްތިހާރު -spot_imgspot_img

މަގްބޫލް ލިޔުންތައް

އޯޝަން އެކައުންޓްސްގެ ގައުމީ ތަންފީޒީ މަގުޗާޓް އިފްތިތާޙުކޮށްފި

ރާއްޖޭގެ އޯޝަން އެކައުންޓްސްގެ ގައުމީ ތަންފީޒީ މަގުޗާޓް އިފްތިތާހުކޮށްފި އެވެ.

2025 އިން 2030 އަށް ހިންގުމަށް ރޭވިފައިވާ އޯޝަން އެކައުންޓްސްގެ ގައުމީ ތަންފީޒީ މަގުޗާޓް އިފްތިތާހުކޮށްދެއްވީ މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް ޠާރިޤް އިބްރާހީމެވެ. މި މަގުޗާޓް އިފްތިތާހުކުރެއްވީ މިހާރު ފްރާންސްގެ ނީސްގައި ކުރިޔަށްދާ ޔުނައިޓެޑް ނޭޝަންސް އޯޝަން ކޮންފަރެންސްގެ ހަވާސާގައި އިއްޔެ ބޭއްވި ”ޑެލިވަރިންގ އޮން ދަ 2030 ސަސްޓެއިނަބަލް އޯޝަން އިކޮނޮމީ“ ބައްދަލުވުމުގައެވެ. މި ބައްދަލުވުމަކީ، ދިވެހިރާއްޖެއިން އިސްނަގައިގެން އިންތިޒާމުކުރި ބައްދަލުވުމެއްކަމަށް އެންވަޔަރަންމަންޓް މިނިސްޓްރީން ބުންޏެވެ.

މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ޠާރިގް ވިދާޅުވީ، މި މަގުޗާޓަކީ ”2030 ވަނަ އަހަރާ ހަމައަށް އޯޝަން އެކައުންޓްސް ކުރިއެރުވުމަށް“ ކުރެވިފައިވާ އިޤްރާރާ އެއްގޮތަށް އެކުލަވާލެވިފައިވާ މަގުޗާޓެއް ކަމަށެވެ. އަދި އޯޝަން އެކައުންޓްސް ތަންފީޒުކުރުމަށް ޑޯނަރުން ދެމުންގެންދާ އެހީތެރިކަން ދެމެހެއްޓުމަށާއި އިތުރުކުރުމަށް މިނިސްޓަރު ގޮވާލެއްވިއެވެ.

މި މަގުޗާޓްގެ ސަބަބުން ދިވެހިރާއްޖޭގެ ކަނޑުގެ ވަސީލަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރުމަށާއި، ކަނޑުގެ އިޤްތިޞާދު ކުރިއެރުވުމަށް މަގުފަހިވެގެންދާނެ ކަމަށް ބެލެވެއެވެ. މީގެ އިތުރުން، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކަނޑަށް ކުރާ އަސަރުތައް ދެނެގަތުމަށާއި، އެކަންކަމަށް އެކަށީގެންވާ ފިޔަވަޅުތައް އެޅުމަށްވެސް މި މަގުޗާޓްގެ ސަބަބުން ފަސޭހަވެގެންދާނެ ކަމަށް ލަފާކުރެވޭކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ.

މިލިޔުމާއި ގުޅޭ