back to top
28.6 C
Malé
- އިސްތިހާރު -spot_imgspot_img

މަގްބޫލް ލިޔުންތައް

މެރިކަލްޗަރ ދާއިރާގައި ޤާބިލުކަން އިތުރުކުރުމަށް ދިވެހިރާއްޖެއަށް އެއްބާރުލުން ދޭނެކަމަށް އިންޑޮނޭޝިއާއިން ބުނެފި

މެރިކަލްޗަރގެ ދާއިރާއިން ރާއްޖޭގެ ގާބިލުކަން އިތުރުކުރުމަށް އެއްބާރުލުން ދެއްވާނެކަަމުގެ ޔަގީންކަން އިންޑޮނޭޝިއާގެ ފިޝަރީޒް މިނިސްޓަރު ސުސެނޯ ސުކެޔޯނޯ ދެއްވައިފި އެވެ.

އިންޑޮނޭޝިއާގެ ފިޝަރީޒް އެންޑް މެރިން އެފެއާޒް މިނިސްޓަރު މި ޔަގީންކަން ދެއްވީ މިހާރު ފްރާންސްގެ ނީސްގައި ކުރިޔަށްދާ ޔުނައިޓެޑް ނޭޝަންސް އޯޝަން ކޮންފަރެންސްގެ ހަވާސާގައި ރާއްޖޭގެ ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމުއާއެކު ބޭއްވެވި ބައްދަލުވުމެއްގަ އެވެ.

މި ބައްދަލުވުމުގައި ދެ މިނިސްޓަރުން ވަނީ އިންޑިއަން އޯޝަން ޓޫނާ ކޮމިޝަނާއި، އިންޑިއަން އޯޝަން ރިމް އެސޯސިއޭޝަންގެ ތެރެއިން އެއްބާރުލުން ހަރުދަނާކުރުމާ ބެހޭ ގޮތުން މަޝްވަރާ ކުރައްވާފައެވެ.

އިންޑޮނޭޝިއާގެ ފިޝަރީޒް މިނިސްޓަރުގެ ވާހަކަފުޅުގައި ވަނީ މެރިކަލްޗަރގެ ދާއިރާއިން ވަސީލަތްތައް ބިނާކުރުމުގައި އެގައުމުން ރާއްޖެއަށް އެއްބާރުލުން ދިނުމަށްވެފައިވާ ވައުދާ އެއްގޮތައް ކަންކަންކުރިޔަށްގެންދަވާނެކަން ކަށަވަރުކޮށްދެއްވާފަ އެވެ.

މި ބައްދަލުވުމުގައި، މިނިސްޓަރު ޝިޔާމް ވަނީ ޚާއްސަ މެރިކަލްޗާ ޒޯންތައް ތަރައްގީކޮށް ފޮރިން އިންވެސްޓްމަންޓަށް ހިތްވަރުދީ މަސްވެރިކަމުގެ ދާއިރާ ސިންދަފާތުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ގެންގުޅުއްވާ ތަސައްވުރު ހިއްސާކުރައްވާފައެވެ. އަދި، ރާއްޖޭގައި އިންވެސްޓްމަންޓް ކުރުމަށް ހުރި ފުރުސަތުތައް ހޯދުމަށް އިންޑޮނޭޝިއާގެ މެރިކަލްޗަރ ވިޔަފާރިތަކަށް މިނިސްޓަރު ވަނީ ދައުވަތު އަރުވާފައެވެ.

މިލިޔުމާއި ގުޅޭ