back to top
29 C
Malé
- އިސްތިހާރު -spot_imgspot_img

މަގްބޫލް ލިޔުންތައް

މީދޫ ކައުންސިލަރު ސާލިހާ އެދިވަޑައިގަތީ މީދޫ އަވަށުގެ ކަނދުފަތިތައް ވީހާވެސް އަވަހަށް މަރާމާތުކޮށްދިނުމަށް!

އައްޑޫ ސިޓީ ކައުންސިލްގެ މީދޫ ދާއިރާގެ ކައުންސިލަރު، އައިމިނަތު ސާލިހާ، މީދޫ އަވަށުގެ ކަނޑައިގެންގޮސް ގިނަ ދުވަސްވެފައިވާ ވަދު ކަނދުފައްޗާއި ދޮށީ ކަނދުފަތި މަރާމާތުކުރުމަށް އެދިވަޑައިގެންފިއެވެ.

ކައުންސިލަރު ސާލިހާ ފިޝަރީޒް މިނިސްޓްރީގައި މިކަމަށް އެދިވަޑައިގަތީ އިއްޔެ، ފިޝަރީޒް މިނިސްޓްރީގެ އިސް ބޭފުޅުންނާއެކު ބޭއްވެވި މަޝްވަރާ ބައްދަލުވުމުގައެވެ. މި ބައްދަލުވުމުގައި ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަހުމަދު މުއްތަލިބްގެ އިތުރުން ވުޒާރާގެ ޑިރެކްޓަރ ޖެނެރަލް އަހުމަދު ޔާމީން ބައިވެރިވެވަޑައިގެންނެވި އެވެ.

އައްޑޫ ސިޓީ މީދޫ އަވަށުގެ މަސްވެރިންނަށް ދިމާވެފައިވާ ދަތިތައް ހައްލުކުރުމަށް ކައުސިލަރު ސާލިހާގެ އެދިވަޑައިގަތުމުގެ މަތިން ބޭއްވެވި މިމަޝްވަރާ ބައްދަލުވުމުގައި އައްޑޫ މީދޫގެ މަސްވެރިންގެ ހުރި ކަންބޮޑުވުންތައް ކައުންސިލަރު ސާލިހާ ވަނީ ހިއްސާކުރައްވާފަ އެވެ. އެގޮތުން، މީދޫ ސަރަޙައްދުގައި ކަނޑައިގެން ގޮސްފައިވާ ވަދު ކަނދުފައްޗާއި، ދޮށީ ކަނދުފަތީގެ މައްސަލަ ޙައްލުކޮށްދިނުމަށް ކައުންސިލަރު ސާލިހާ ވަނީ އެދިވަޑައިގެންނެވި އެވެ. މީގެއިތުރުން ހުޅުދޫ އަދި މީދޫ މަސްވެރިންނަށް އައިސް ހޯދުމުގައި ދިމާވާ ދަތިތައް ހައްލުކުރުމާ ގުޅޭގޮތުންންނާއި ހުޅުމީދޫ ސަރަހައްދުގައި މަސްވެރިކަމުގެ ދާއިރާއިން ކުރެވިދާނެ ކަންކަމާއި ގުޅޭގޮތުންވެސް މަޝްވަރާކުރެއްވި އެވެ.

ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަހުމަދު މުއްތަލިބް ވަނީ ކައުންސިލަރު ސާލިހާ އެދިވަޑައިގެންނެވިގޮތަށް އެ ސަރަހައްދުގެ މަސްވެރިންނަށް ދިމާވެފައިވާ ދަތިތައް ހައްލުކޮށްދިނުމަށް މިނިސްޓްރީން މަސައްކަތް ކުރައްވާނެކަމުގެ ޔަގީންކަން ދެއްވާފައެވެ. އެގޮތުން މިނިސްޓްރީގެ ފެޑް ޓީމް ދެކުނަށް ކުރާ ފުރަތަމަ ދަތުރުގައި މީދޫ ކަނޑުފަތިތައް މަރާމާތުކުރައްވާނެކަމަށް މުއްޠަލިބް ވިދާޅުވިއެވެ.

ސާލިހާ ވިދާޅުވީ ދޮށީ މަސްވެރިކަންކުރާ އެންމެ އުޅަނދެއް މީދޫގައި އޮތްނަމަވެސް ފަރުމަސްވެރިކަންކުރާ އުޅަނދު ފަހަރުގެ އަދަދު ގާތްގަނޑަކަށް 50އާ ގާތްކުރާނެކަމަށެވެ. އެހެންކަމުން ކަނދުފަތި މަރާމާތުކޮށް އަދި އައިސް ލިބޭނެ ފަހި އިންތިޒާމު ހަމަޖެހިގެން ދިއުމަކީ އެއަވަށުގެ މަސްވެރިކަންކުރާ ފަރާތްތަކަށް ލިބިގެންދާނެ ވަރަށް ބޮޑު ހިތްހަމަޖެހުމަކަށް ކަމަށެވެ.

މިލިޔުމާއި ގުޅޭ