back to top
31 C
Malé
- އިސްތިހާރު -spot_imgspot_img

މަގްބޫލް ލިޔުންތައް

ރާއްޖެ ފަދަ ޤައުމުތަކުން ކުރާ މަސްވެރި ކަމަށް ދިމާވާ ގޮންޖެހުންތަކަށް ހައްލުހޯދުމަށް ރާއްޖެއިން ގޮވާލައިފި

ރާއްޖެ ފަދަ ޤައުމުތަކުން ކުރާ މަސްވެރި ކަމަށް ދިމާވާ ގޮންޖެހުންތަކަށް ހައްލުހޯދުމަށް ދިވެހިރާއްޖެއިން ގޮވާލައިފި އެވެ.

މިހާރު ފްރާންސްގެ ނީސްގައި ކުރިޔަށްދާ ޔުނައިޓެޑް ނޭޝަންސް އޯޝަންސް ކޮންފަރެންސް ގެ 3 ވަނަ ބައްދަލުވުމުގެ ހަވާސާގައި އިންޓަނޭޝަނަލް ޕޯލް އެންޑް ލައިން ފައުންޑޭޝަނުން އިސްނަގައިގެން ކުރިއަށް ގެންދިޔަ ބައްދަލުވުމުގައި މިކަމަށް ގޮވާލެއްވީ، ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އައިމިނަތު ހުސައިން ޝަރީފް އެވެ. އެބައްދަލުވުމުގައި ސްޓޭޓް މިނިސްޓަރު ވަނީ ރާއްޖެ ފަދަ ޤައުމުތަކުން ކުރާ މަސްވެރި ކަމަށް ދިމާވާ ގޮންޖެހުންތަކަށް ވަކާލާތު ކުރައްވާފަ އެވެ. އަދި މަސްވެރިކަމަށް ކުރިމަތިވާ ”މާކެޓް އެކްސެސް“ ގޮންޖެހުންތަކަށް ހައްލެއް ހޯދުމަށް ވަކާލާތުވެސް ކުރައްވާފައެވެ.

އައި.އޯ.ޓީ.ސީ ގައި ދިވެހިރާއްޖޭން މަސްވެރިކަމުގެ ސެޓްފިކެޓްތަކަށް އޮތް ޑިމާންޑަށް ވަކާލާތު ކުރިގޮތާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން އެކަމަނާ ވިދާޅުވީ މިކަމަކީ މިއީ ކުދި ޖަޒީރާ ތަރައްޤީވަމުން އަންނަ ދައުލަތަކުން އެކަނި އުފުލަން ޖެހޭ ބުރައަކަށް ވެގެން ނުވާނެ ކަމަށެވެ.

އިކޯލެބެލިން ގައިޑްލައިންތައް އިސްލާހު ކުރުމަށް އެފްއޭއޯއިން އެޅި ފިޔަވަޅަށް މަރުހަބާ ވިދާޅުވެ ސްޓޭޓް މިނިސްޓަރ އައިމިނަތު ހުސައިން ޝަރީފް ވިދާޅުވީ ދިވެހިރާއްޖެއަށް މި ވަގުތު އެންމެ މުހިއްމީ އިންސާފުވެރި، ހާމަކަން ބޮޑު، ސެޓްފިކެޓް ދިނުމުގައި މަސްވެރިން މަސްވެރިންނަށްޓަކައި ބިނާކޮށްފައިވާ ނިޒާމެއް ކަމަށެވެ. އަދި އެ ނިޒާމް ވާންވާނީ މަސްވެރިކަމުގައި ހަރަކާތްތެރިވާ އެންމެ ކުދި ފަންތީގެ މަސްވެރިކަމަށްވެސް ބިނާވާ ނިޒާމަކަށް ކަމަށް އެކަމަނާ ވިދާޅުވި އެވެ.

މިލިޔުމާއި ގުޅޭ