ގއ. ދާންދޫގައި މި އަހަރުގެ އަޟްޙާ ޢީދު ފާހަގަ ކުރުމަށް ގޮތުން ހިންގޭ ހަރަކާތްތަކުގެ ތެރޭގައި ހިމަނައިގެން ފަރު މަސް ރޭހެއް ބާއްވަން ނިންމައިފި އެވެ.
ދާންދޫގެ ދެޖިންސުގެ ރައްޔިތުންނަށް އާންމުކޮށް ހުޅުވާލައިގެން ބާއްވާ މިރޭސް ކުރިޔަށް ގެންދާނީ މިމަހުގެ 9 ވަނަ ދުވަހު އެވެ. ރޭހުގައި ބައިވެރިވެވޭނީ ގިނަވެގެން 10ޓީމަށްކަމަށާއި، ޓީމެއްގައި ގިނަވެގެން ތިބޭނީ 5 މެމްބަރުންކަމަށް ކައުންސިލުން ބުނެފައި ވެއެވެ. އަދި އެކަނި ފަރުދަކަށްވެސް ބައިވެރިވުމުގެ ފުރުޞަތު އޮންނާނެކަމަށް ކައުންސިލުން ބުނެފައިވެއެވެ.
ރޭހުން އިނާމު ލިބޭނީ އެންމެ ގިނަ ކިލޯ ކިރާ ޓީމަކަށެވެ.އިނާމުތައް:
* 1ވަނަ ޓީމް: -/1,500ރ
* 2ވަނަ ޓީމް: -/1,000ރ
* 3ވަނަ ޓީމް: -/750ރ
ކައުންސިލުން ބުނީ، މި ރޭހުގައި ބައިވެރިވާ ކޮންމެ އުޅަދަކަށް -/400ރ ގެ އެހީއެއް ދޭނެކަމަށާއި، އެފަދަ އެހީތެރިކަމެއް ފޯރުކޮށްދެނީ މަސް ރޭހުގައި ބައިވެރިކުރުވުމަށް ހިއްވަރު ދިނުމުގެ ގޮތުންކަމަށެވެ.
މި މަސް ރޭހުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް ނަންނޯޓު ކުރުމުގެ ފުރުސަތު މިހާރުވަނީ ހުޅުވާލާފައެވެ. މިރޭހުގައި ބައިވެރިވާން ބޭނުންވާފަރާތްތަކުން މިމަހުގެ 16:00ގެ ކުރިން ކައުންސިލްގެެ ނަންބަރ 7633367 އަށް ގުޅައިގެން ރަޖިސްޓްރީކުރެވޭނެއެވެ.
މިރޭހުގައި ބާނާ ހުރިހާ މަހެއް ބޭނުން ކުރާނީ ”ޢީދު ބާބަކިއު“ ހެދުމަށް ކަމަށް ކައުންސިލުން ބުނެފައިވެއެވެ.