ހއ. ބާރަށު ބޭރުުގައި ވަދު ކަނދުފައްޗެއް އަޅައިފި އެވެ.
ފިޝަރީޒް މިނިސްޓްރީން މިއަދު އެ ކަނދުފަތި އަޅާފައިވަނީ ބާރަށުގެ އިރުން 6 މޭލު ބޭރުގަ އެވެ. ކަނދުފަތީ ނަންބަރަކީ C09V02-01 އެވެ.
މިކަނދުފަތި އަޅާފައި މިވަނީ ކުރިން އެސަރަަހައްދުގައި އަޅާފައިއޮތް ކަނދުފަތި ކަނޑައިގެން ދިއުމުންނެވެ.
ރަށްރަށުގެ ވަށައިގެން 3 މޭލާއި 6 މޭލާއި ދެމެދުގެ ދުރުމިނުގައި ޤާއިމުކުރާ ވަދު ކަނދުފައްޗަކީ ވަދު ނަނުގެ އަދި ސްޕޯޓް ފިޝިންގ މަސްވެރިކަމަށް ޚާއްސަ ކަނދުފަތިތަކެކެވެ. ވަދު ކަނދުފަތި، ފަރުމާކޮށްފައިވަނީ ދުރަށް ފެންނަހެން ބައްތިއަކާއި، ކަނދުފަތި އޮތް ތަން ފަސޭހައިން ދެނެގަނެވޭނެގޮތަށް ހުންނަ ރާޑަރު ރިފްލެކްޓަރަކާއި އެކުގައެވެ.