back to top
29 C
Malé
- އިސްތިހާރު -spot_imgspot_img

މަގްބޫލް ލިޔުންތައް

ތިލަމާލެ ބްރިޖްގެ މަސައްކަތްތައް ކުރިޔަށްދާ ސަރަހައްދުން ދަތުރު ނުކުރުމަށް ފުލުހުންގެ އިލްތިމާސެއް!

ތިލަމާލެ ބްރިޖް މަޝްރޫއުގެ މަސައްކަތުގެ ދަށުން މިވަގުތު މާލެއާއި، ތިލަފުށްޓާއި ދެމެދުގައިވާ ތިން ޗެނެލްއެއްގައި ކުރިޔަށްދާތީ އެ ސަރަހައްދު އާންމު ދަތުރުފަތުރުތަކަށް ބޭނުންނުކުރުމަށް ފުލުހުންގެ ޚިދުމަތުން އިލްތިމާސްކޮށްފިއެވެ.

މިކަމަށް އިލްތިމާސްކޮށް ފުލުހުންގެ ޚިދުމަތުގެ ރަސްމީ މީސް މީޑިއާތަކުގެ އެކައުންޓްތަކުގައި ހިއްސާކޮށްފައިވާ މެސެޖެއްގައި ބުނެފައިވަނީ، ގްރޭޓަރ މާލެ ކަނެކްޓިވިޓީ، މާލެ- ތިލަފުށި ލިންކް މަޝްރޫއުގެ މަސައްކަތް މާލެއާއި، ތިލަފުށްޓާއި ދެމެދުގައިވާ ތިން ޗެނެލްގައި ކުރިޔަށްދާއިރު، މި ޗެނެލްތައް އާންމު ދަތުރުފަތުރަށް ބޭނުންކުރުމަކީ ރައްކާތެރިކަމެއް ނޫންކަަމަށެވެ.

ފުލުހުން މިފަދައިން އިލްތިމާސްކޮށްފައިވަނީ ފަހަކަށް އައިސް މި ޗެނެލްތައް އާންމު ދަތުރުފަތުރަށް ބޭނުންކުރަމުންދާކަން ފާހަގަކުރެވިފައިވާތީއެވެ. ފުލުހުން ބުނީ، މިއީ ނުރައްކާތެރި ހާދިސާއެއް ހިނގުމުގެ ފުރުސަތުއޮތް ކަމަށެވެ. އެހެންކަމުން، މި މަޝްރޫއުގެ މަސައްކަތް ނިންމައި، ރަސްމީކޮށް މި ސަރަަހައްދު ބޭނުންކުރުމަށް ހުޅުވާލެވެންދެން އާންމު ދަތުރުފަތުރުކުރުމަށް މި ތިން ޗެނެލް ބޭނުން ނުކުރުމަށް އިލްތިމާސްކުރާކަމަށެވެ.

ތިލަމާލެ ބްރިޖް މަޝްރޫއުގެ ދަށުން 3 ބްރިޖާއި ކޯޒުވޭ އަދި މަގުތަކުގެ ނެޓްވޯރކް ހަދާއިރު، ދިގުމިނުގައި 6.7 ކިލޯމީޓަރު ހުންނާނެއެވެ. މީގެއިތުރަށް ގުޅާލާ ކޮންމެ ރަށަކަށް އަރައިފޭބުމަށްޓަކައި އިންޓަރޗޭންޖް ޕޮއިންޓްތަކާއި ޕާކިންގ ސަރަހައްދުތައް ވެސް ހަދާނެއެވެ. މި މަޝްރޫއު އެއްކޮށް ނިންމާލެވޭނެކަމަށް ލަފާކޮށްފައިވަނީ އަންނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށެވެ.

މި މަޝްރޫއަށް 500 މިލިއަން ޑޮލަރު ހޭދަވާނެކަމަށް އަންދާޒާކުރާއިރު، މި މަޝްރޫއު ކުރިއަށްގެންދަނީ އިންޑިއާ ސަރުކާރުގެ ގްރާންޓެއްގެ ދަށުން ހަމަޖައްސައިދޭ 100 މިލިއަން ޑޮލަރާއި، 400 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުންނެވެ. މަޝްރޫއުގެ މަސައްކަތް ކުރަމުންދަނީ އިންޑިއާގެ ކުންފުންޏެއްކަމަށްވާ އެފްކޮންސް އިންފްރާސްޓްރަކްޗަރާ އިންނެވެ.

ތިލަމާލެ ބްރިޖްގެ މަޝްރޫއަކީ ރާއްޖޭގައި ހިންގާ އުމްރާނީ އެންމެ ބޮޑު އެއް މަޝްރޫއު ކަމަށް ވާއިރު، މިއީ މާލެ ސަރަހައްދުގެ އިގުތިސާދީ އަދި އިޖުތިމާއީ ތަރައްގީއާވެސް ގުޅިފައިވާ މުހިންމު މަޝްރޫއެކެވެ.

މިލިޔުމާއި ގުޅޭ