ޅ. ވައްވަރުގައި ވަދު ކަނދު ފައްޗެއް އަޅައިފި އެވެ.
ފިޝަރީޒް މިނިސްޓްރީން ބުނިގޮތުގައި ޅ.ވައްވަރު ވަދު ކަނދުފަތި ގާއިމުކޮށްފައިވަނީ އެރަށުގެ ހުޅަނގުން 4.2 މޭލު ބޭރުގަ އެވެ. އެރަށުގައި އަލަށް ގާއިމުކުރި މި ވަދު ކަނދުފަތީގެ ނަންބަރަކީ F09V05 އެވެ.

މިއީ، ފިޝަރީޒް މިނިސްޓްރީގެ ފަރާތުން ޅ. އަތޮޅުގައި ގާއިމުކުރި ދެވަނަ ކަނދުފައްޗެވެ. އެ އަތޮޅުގައި އެންމެ ފުރަތަމަ ވަދު ކަނދުފައްޗެއް ގާއިމުކޮށްފައިވަނީ، 17 ސެޕްޓެމްބަރު 2023 ގައެވެ. އެ ކަނދުފަތި އޮންނަނީ ޅ.އޮޅުވެލިފުށީގެ ދެކުނުން 5 މޭލު ބޭރުގަ އެވެ.
ރަށްރަށުގެ ވަށައިގެން 3 މޭލާއި 6 މޭލާއި ދެމެދުގެ ދުރުމިނުގައި ޤާއިމުކުރާ ވަދު ކަނދުފައްޗަކީ ވަދު ނަނުގެ އަދި ސްޕޯޓް ފިޝިންގ މަސްވެރިކަމަށް ޚާއްސަ ކަނދުފަތިތަކެކެވެ. ވަދު ކަނދުފަތި، ފަރުމާކޮށްފައިވަނީ ދުރަށް ފެންނަހެން ބައްތިއަކާއި، ކަނދުފަތި އޮތް ތަން ފަސޭހައިން ދެނެގަނެވޭނެގޮތަށް ހުންނަ ރާޑަރު ރިފްލެކްޓަރަކާއި އެކުގައެވެ.