back to top
32 C
Malé
- އިސްތިހާރު -spot_imgspot_img

މަގްބޫލް ލިޔުންތައް

އެމްޓީއައި އިން ގައްދޫގައިން ހިންގާ ނިޔަމި ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

މެރިޓައިމް ޓްރެއިނިންގް އިންސްޓިޓިއުޓްގެ ފަރާތުން ގައްދޫގައި ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ ”ނިޔަމި ކޯސް 2“ ގައި ބައިވެރިވުމުގެ ފުރުސަތު ގައްދޫ ކައުންސިލުން އަނެއްކާވެސް ހުޅުވާލައިފި އެވެ.

ގައްދޫ ކައުންސިލުން ބުނީ ކޯހުގައި ބައިވެރިވާން ޝައުޤުވެރިވާ ފަރާއްތަކަށް ކައުންސިލްގެ އީމެއިލް [email protected] މެދުވެރިކޮށް ނުވަތަ އިދާރާއަށް ގޮސް ނަން ނޯޓް ކުރުމަށް އެދޭކަމަށެވެ. ކައުންސިލް އިދާރާ ހުޅުވާފައި ހުންނާނީ ރަސްމީ ކޮންމެ ދުވަހެއްގެ ހެނދުނު 08:00 އިން 14:00 އަށެވެ. ނަން ނޯޓް ކުރުމުގެ އެންމެ ފަހު މުއްދަތަކީ 01 ޖޫން 2025  ވާ އާދިއްތަ ދުވަހުގެ 14:00 އެވެ.

މިކޯހާއި ބެހޭ އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން 9900297  ގުޅާލުމުން މައުލޫމާތު ފޯރުކޮށްދޭނެކަމަށް ކައުންސިލުން ބުނެފައި ވެއެވެ.

ނިޔަމި ކޯސް-2އަކީ، ރާއްޖޭގެ އަތޮޅުތަކުގެ ބޭރުން 24 މޭލާ ހަމަޔަށް ދަތުރުކުރެވޭ ކެޓެގަރީ-B ގެ އުޅަނދުތަކުގެ ކެޕްޓަންުކަން ކުރުމަށް ބޭނުންވާ ލައިސަންސް ހޯދުމަށް މަގުފަހިކޮށްދޭކޯހެކެވެ.

މެރިޓައިމް ޓްރޭނިން އިންސްޓިޓިއުޓް (އެމްޓީއައި) އަކީ ރާއްޖޭގެ މެރިޓައިމް އިންޑަސްޓްރީގައި މިހާރު އެންމެ ހަލުވިކަމާއެކު ކުރިއަރަމުން އަންނަ ޓްރެއިނިން އިންސްޓިޓިއުޓެވެ. އެ އިންސްޓިޓިއުޓުން މެރިޓައިމް ދާއިރާ ތަރައްގީކުރުމަށް ބޭނުންވާ ފަންނީ އެތަކެއް ކޯސްތަކެއް ހިންގަ އެވެ. ނިޔަމި ކޯސް-2އަކީ މީގެތެރެއިން އެއްކޯހެވެ. އެމްޓީއައިގެ ކޯސްތައް މާލެސިޓީއަށް މަރުކަޒުވެ ހިންގި ނަމަވެސް، އަތޮޅުތަކަށް އަމާޒުކޮށްވެސް ދަނީ ކޯސްތައް ހިންގަމުންނެވެ. މިހާރުވެސް ގައްދޫގެ އިތުރުން އިނގުރައިދޫ އަދި އޮމަދޫގައި ނިޔަމި ކޯސް-2ގެ ހިންގުމަށް އެމްޓީއައިއިން ދަނީ ތައްޔާރުވަމުންނެވެ.

މިލިޔުމާއި ގުޅޭ