back to top
30 C
Malé
- އިސްތިހާރު -spot_imgspot_img

މަގްބޫލް ލިޔުންތައް

އުތުރުގެ އަތޮޅުތަކަށް ނެރުނު ހުދު ސަމާލު ދަންމާލައިފި

އުތުރުގެ އަތޮޅުތަކަށް ހަވީރު ނެރުނު ހުދު ސަމާލު ދަންމާލައިފި އެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއިން އުތުރުގެ އަތޮޅުތަކަށް ހަވީރު 03:30 ގައި ނެރުނު ސަމާލުގެ ވަގުތު މިރޭ 09:30 އަށް ހަމަވުމާއެކު އަނެއްކާވެސް ވަނީ ސަމާލުގެ ވަގުތު މިރޭ ދަންވަރު 03:30 އާ ހަމަޔަށް ދަންމާލާފަ އެވެ.

ހުދު ސަމާލުގައި ބުނެފައިވަނީ އުތުރުގެ އަތޮޅުތަކަށް ގަޑިއަކު 19 މޭލާއި 24 މޭލުގެ ބާރުމިނުގައި ވައިޖެހި ކަނޑުތައް ގަދަވާނެކަމަށެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނީ ކުރިޔަށް އޮތް ދުވަސްތަކުގައި އުތުރުގެ ބައެއް އަތޮޅުތަކަށް ވައިގަދަވެ، ކަނޑު ގަދަވެ، އުދަ އަރާނެކަމަށް ލަފާކުރެވޭކަމަށެވެ. އަދި، އުތުުރުގެ ބައެއް ރަށްތަކަށް ވިއްސާރަކޮށް ގުގުރާނެކަމަށްވެސް ލަފާކޮށްފައި ވެއެވެ.

މިމަހުގެ 7 ވަނަ ދުވަހު ދެކުނުގެ އަތޮޅުތަކަށް ހުޅަނގު މޫސުން ފެށިފައިވާއިރު، މިހާރު މުޅި ރާއްޖެއަށް ވަނީ ހުޅަނގު މޫސުން ފެށިފައެވެ. އުތުރުގެ އަތޮޅުތަކަށް ހުޅަނގު މޫސުން ފެށުނީ މިމަހުގެ 21 ވަނަ ދުވަހުއެވެ.

މިލިޔުމާއި ގުޅޭ