ރޯދަމަހަށް ޚާއްސަކޮށް ހުޅުމާލެ ފޭސް-2 ގައި މަސް މާރުކޭޓެއް ހުޅުވައިފި އެވެ.
ހުޅުމާލެ ފޭސް 2ގެ ޑިންގީ ހާބަރު ސަރަހައްދުގައި އެޗްޑީސީން ތަރައްގީ ކުރި މި މަސްމާރުކޭޓެއް ހުޅުވީ އާދީއްތަ ދުވަހު އެވެ.
މިއީ ފޭސް 2 ގައި ދިރިއުޅޭ ފަރާތްތަކަށް މި ރޯދަ މަހު އިތުރަށް ލުއި ފަސޭހަކޮށްދިނުމަށް ކުރިއަށް ގެންދިޔަ މަޝްރޫއެެއްކަމަށް އެޗްޑީސީން ބުނެފައި ވެއެވެ.
ފޭސް-2 ގައި ދިރިއުޅޭ ރައްޔިތުންގެ ދިރިއުޅުން ފަސޭހަކުރުމަށް ގިނަ ކަންތައްތަކެއް އެޗްޑީސީން ދަނީ ކުރަމުންނެވެ. އެގޮތުން ރޯދަމަހަށް ޚާއްސަކޮށް ލޯކަލް މާރުކޭޓެއް ހިންގުމަށް ވަނީ ފުރުސަތު ހުޅުވާލާފައެވެ. އަދި އުމުރުން ދުވަސްވީ މީހުންނާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޚާއްސަ ވަގުތީ މިސްކިތެއްވެސް ވަނީ ރޯދަމަހާއި ދިމާކޮށް ހުޅުވާފަ އެވެ.