back to top
31 C
Malé
- އިސްތިހާރު -spot_imgspot_img

މަގްބޫލް ލިޔުންތައް

ޖަޕާނު ސަރުކާރުގެ އެހީގައި ކުރިޔަށްގެންދިޔަ ”ނޫ އިގުތިސާދު މަޝްރޫއު“ ގެ ފަހު ސެމިނާ ބާއްވައިފި

ޖަޕާން އިންޓަރނޭޝަނަލް ކޯޕަރޭޝަން އޭޖެންސީ (ޖައިކާ)އާއި ދިވެހި ސަރުކާރު ގުޅިގެން ހިންގާ ޕްރޮމޯޝަން އޮފް ބްލޫ އިކޮނަމީ އިން ފިޝަރީޒް ސެކްޓަރ އޮފް ދަ މޯލްޑިވްސް މަޝްރޫއުގެ ފަހު ސެމިނަރ ބާއްވައިފި އެވެ.

މިއަދު މީރުމާ ހޮޓަލުގައި ބޭއްވި މި ސެމިނަރ ޝަރަފްވެރިކޮށްދެއްވީ، ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމާއި، ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާ ހުންނަވާ ސަފީރު އިޝިގާމީ ރުމިކޯ އެވެ. ޖަޕާނުގެ އެހީގައި ހިންގާ ޖައިކާ/ޖީސީއެފް މަޝްރޫޢުގެ ނިންމުމުގެގޮތުން ބޭއްވި މި ސެމިނާގައި އެ މަޝްރޫއުގެ ތެރެއިން ކުރިޔަށްގެންދިޔަ މަސައްކަތްތަކުގެ ތަފުސީލު ހާމަކޮށް، އޭގެއިން ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތައް ލިބިގެންދިޔަ ފައިދާ ފާހަގަކޮށްފައިވެއެވެ. މި ސެމިނާގައި ޖައިކާގެ އޮފިޝަލުންނާއި، މިނިސްޓްރީގެ އިސްވެރިންނާއި، މި މަޝްރޫއުގައި އެކި ފަންތީގައި ބައިވެރި ފަރާތްތަކުން މަޝްރޫއުގެ މައުލޫމާތު ހިއްސާކޮށް، ކުރިޔަށް އޮތް ތަނުގައި މިމަޝްރޫއުގެ ދަށުން ކުރިޔަށްގެންދާ ހަރަކާތްތައް އިތުރަށް ފުރިހަމަކުރުމަށް ކުރެވިދާނެ ކަންތައްތައްކާގުޅޭގޮތުން މަޝްވަރާކޮށްފައި ވެއެވެ.

ނޫ އިގުތިސާދު ސެމިނާގެ ބައިވެރިން/ ފޮޓޯ: ފިޝަރީޒް މިނިސްޓްރީ

2014 ވަނަ އަހާރު ޖަޕާނު ސަރުކާރާއި ދިވެހި ސަރުކާރާ ދެމެދުވެވުނު އެއްބަސްވުމެއްގެ ދަށުން ކުރިޔަށް ގެންދިޔަ މި މަޝްރޫއުގެ ދަށުން ކުރިޔަށް ގެންގޮސްފައިވަނީ މައިގަނޑު ތިން ކަމެކެވެ. އޭގެ ތެރެއިން އެއްކަމަކީ ރިނދޫ އުރަހަ ކަންނެލި މަސްވެރިކަމުގަ ދިމާވާ އެންމެ ބޮޑު ގޮންޖެހުންތަކުގެތެރޭގައި ހިމެނޭ މަހުގެ ކޮލިޓީ ހިފެހެއްޓުމަށް ކުރެވިދާނެ ކަންތައްތައް ދެނެގަތުމެވެ. އެގޮތުން ކުރެވުނު މަސައްކަތުގައި ޖަޕާނާއި ރާއްޖޭގައި ދިރާސާތަކެއް ކުރެވި، ރާއްޖޭގައި އެ ކަންނެލީގެ ކޮލިޓީ ހެފެހެއްޓުމަށް ކުރެވިދާނެ މަސައްކަތްތައް ދެނެގަނެވިފައިވެއެވެ.

ދެވަނަކަމެއްގެ ގޮތުގައި ކުރިޔަށް ގެންދިޔައީ ދޮށީގެ މަސްވެރިކަމުގައި އޮތް އެންމެ ބޮޑު ގޮންޖެހުން ކަމުގައިވާ އެން ލިބުމާއި އެން ގިނަ ދުވަހު ބެހެއްޓުމަށް ކުރެވިދާނެ މަސައްކަތްތައް ދެނެގަތުމެވެ. މި މަސައްކަތުގެ ދަށުން ރާއްޖޭގެ ތިން ދޯންޏެއްގައި ޖަޕާނުގައި އެން ގެންގުޅޭ ގޮތް ތަޖުރިބާކޮށް އެންވަތް ބަދަލުކޮށް، ދިރާސާތަކެއް ކުރެވިފައިވެއެވެ. މި ދިރާސާތަކުގެ އަލީގައި އެން ގިނަ ދުވަހު ބެހެއްޓޭނެ ގޮތްތަކެއް ދެނެގަނެވުނެވެ.

ތިންވަނަކަމެއްގެގޮތުގައި ކުރިޔަށް ގެންދިޔައީ މަސްވެރިކަމުގެ އުފެއްދުންތަކުގެ ކޮލިޓީ ރަނގަޅުކޮށް ލޯންގްސްކޭލްގައި މަހުގެ އުފެއްދުންތައް ކުރިޔަށްގެންދިއުމަށް މަސް ޕްރޮސެސިންގ ޕްލާންޓްތަކަށް ނުވަތަ ކުންފުނިތަކަށް ދިމާވާ ގޮންޖެހުންތައް ދެނެގަތުމާއި، މަހުގެ އުފެއްދުންތައް ބާޒާރަށް ނެރުމުގައި ދިމާވާ ގޮންޖެހުންތައް ހައްލުކުރުމަށް ކުރެވިދާނެ މަސައްކަތްތައް ދެނެގަނެ ހައްލު ހޯދުމެވެ.

ޖައިކާއިން ބުނީ، މިމަޝްރޫއުގެ ވަރަށް ކާމިޔާބުކަމަށާއި، މީގެ އިތުރު މަޝްރޫއެއް އަންނަ އަހަރު ފެށުމަށް ވާންޖެހޭ ތައްޔާރީތައް މިހާރުވަމުންދާކަމަށެވެ.

މިލިޔުމާއި ގުޅޭ