back to top
29 C
Malé
- އިސްތިހާރު -spot_imgspot_img

މަގްބޫލް ލިޔުންތައް

ކުރިޔަށްއޮތް 5 ދުވަހު ރާއްޖޭގެ ބައެއް އަތޮޅުތަކަށް ކަނޑު ގަދަވާނެ: މެޓް

ކުރިޔަށް އޮތް ފަސް ދުވަހު ރާއްޖޭގެ ބައެއް އަތޮޅުތަކަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާކޮށްފި އެވެ.

ޢެއިދާރާއިން ބުނީ ރާއްޖެ ސަރަހައްދުގައި ހުޅަނގު މޫސުމް ބާރުގަދަވާނެކަމަށް ބެލެވޭތީ، ކުރިޔަށް އޮތް ފަސް ދުވަހު އުތުރާއި މެދު ރާއްޖެތެރޭގެ ބައެއް އަތޮޅުތަކަށް ވައިގަދަވެ، ކަނޑު ގަދަވެ، އުދަ އަރާނެކަމަށް ލަފާކުރެވޭކަމަށެވެ. އަދި، އުތުުރާއި މެދުރާއްޖެތެރޭގެ ބައެއް ރަށްތަކަށް މި މުއްދައްތުގައި ވިއްސާރަކޮށް ގުގުރުން އެކަށިގެންވާކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ބުނެފައި ވެއެވެ.

ވައިގަދަވެ ކަނޑުތައް ގަދަވާނެކަމަށް ލަފާކުރެވޭތީ، ކަނޑުދަތުރުކުރާ ފަރާތްތަކުން ދަތުރަށް ފެށުމުގެކުރިން މޫސުމާބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދުމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން އިލްތިމާސްކޮށްފައި ވެއެވެ.

މުޅި ރާއްޖެއަށް މިހާރުވަނީ ހުޅަނގު މޫސުން ފެށިފައެވެ. މިމަހުގެ 7 ވަނަ ދުވަހު ދެކުނުގެ އަތޮޅުތަކަށް ހުޅަނގު މޫސުން ފެށިފައިވާއިރު، މެދު ރާއްޖެ ތެރޭގެ ރަށްތަކަށް ހުޅަނގު މޫސުން ފެށުނީ މި މަހުގެ 12 ވަނަ ދުވަހުއެވެ. އަދި ރާއްޖޭގެ އުތުރުގެ އަތޮޅުތަކަށް ހުޅަނގު މޫސުން ފެށުނީ މިމަހުގެ 21 ވަނަ ދުވަހުއެވެ.

މިލިޔުމާއި ގުޅޭ