ލޯންޗު ކެޕްޓަންކަންކުރަން ޝައުގުވެރިވާ އަންހެނުންނަށް ޚާއްސަކޮށްގެން ނިޔަމި ކޯހެއް ހިންގަން މެރިޓައިމް ޓްރެއިނިންްގ އިންސްޓިޓިއުޓް(އެމްޓީއައި) އިން ނިންމައިފި އެވެ.
އެމްޓީއައިއިން ބުނީ، އޭ އަދި ބީ ކެޓެގަރީ ލައިސަންސް ހޯދުމަށް މަގުފަހިވާ މި ކޯސް ފަށަން ނިންމާފައިވަނީ އަންނަމަހުގެ 28 ވަނަ ދުވަހު ކަމަށެވެ. 30 ގަޑީއިރުގެ މުއްދަތަކައް ކުރިޔަށް ގެންދާ މި ކޯހުގައި ބައިވެރިވުމުގެ ފުުރުސަތު މިހާރު ވަނީ ހުޅުވާލާފަ އެވެ.
އެމްޓިއައިއިން ބުނީ އުމުރުން 35-19 އަހަރާ ދެމެދުގެ އަންހެނުންނަށް މި ކޯހުގެ ބައިވެވޭނެކަމަށާއި، ކޯހުގެ ބައިވެރިން އަތުން އެއްވެސް ފީއެއް ނުނަގާނެކަމަށެވެ. ފަތަން އިނގޭ، ކޯހަށް ކަނޑައަޅާފައިވާ އުމުރުފުރާގެ ކޮންމެ އަންހެނަކަށްވެސް މިކޯހުގައި ބައިވެރިިވެވިދާނެކަމަށާއި، ކޯހުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން އެމްޓީއައިގެ ނަންބަރު 9450555 އަށް ގުޅާލައިގެން ކޯހަށް ނަން ނޯޓްކޮށްލެވޭނެކަމަށް އެމްޓީއައި އިން ބުންޏެވެ.
މެރިޓައިމް ޓްރޭނިން އިންސްޓިޓިއުޓް (އެމްޓީއައި) އަކީ މެރިޓައިމް ދާއިރާ ތަރައްގީކުރުމަށް ބޭނުންވާ ފަންނީ އެތަކެއް ކޯސްތަކެއް ހިންގަމުން އަންނަ އިންސްޓިޓިއުޓެކެވެ. އެ އިންސްޓިޓިއުޓްއިން ދަނީ މާލެއާއި އަތޮޅުތެރޭގައިވެސް މެރިޓައިމް ދާއިރާގެ ތަފާތު އެކި ކޯސްތައް ހިންގަމުންނެވެ. ނިޔަމި ކޯހަކީ މީގެތެރެއިން އެއް ކޯހެވެ.