back to top
29 C
Malé
- އިސްތިހާރު -spot_imgspot_img

މަގްބޫލް ލިޔުންތައް

އުތުރަށް މިއަދު ކަނޑު ގަދަވާނެކަމަށް ލަފާކޮށްފި

އުތުރުގެ އަތޮޅުތަކުގެ ކަނޑުތައް މިއަދު ގަދަވާނެކަމަށް ލަފާކޮށްފި އެވެ.

މޫސުމާބެހޭ ގައުމީ އިދާރާއިން މިއަދުގެ މެންދުރުފަހު 02:00 އާ ހަަމަޔަށް އުތުރުގެ އަތޮޅުތަކަށް ނެރުނު ހުދު ސަމާލުގައި ބުނެފައިވަނީ، އެސަރަހައްދަށް ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށެވެ. އަދި ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށްފައި ވެއެވެ.

އުތުރަށް ހުދު ސަމާޅު ނެރެފައިވީނަމަވެސް، އާންމުގޮތެއްގައި މިއަދު މޫސުން ރަނގަޅުވާނެކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެއެވެ. އެއިދާރާއިން ބުނިގޮތުގައި މިއަދު ބައެއް ރަށްތަކަށް ކެރީގެ އަސަރު ފޯރާނެއެވެ. އަދި ހުރިހައި ހިސާބަކަށްވެސް ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެކަމަށާއި، ރާޅު ނަގާނީ 4-7 ފޫޓު އުސްމިނުގައިކަމަށް ލަފާކޮށްފައި ވެއެވެ.

މިލިޔުމާއި ގުޅޭ