back to top
31 C
Malé
- އިސްތިހާރު -spot_imgspot_img

މަގްބޫލް ލިޔުންތައް

މިލަދޫ ބަނދަރުގައި މަސްކަނޑާތަނެއް ހަދަން ބީލަމަށް ހުޅުވާލައިފި

ނ. މިލަދޫ ބަނދަރުގައި މަސްކަނޑާތަނެއް ހެދުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން އެރަށު ކައުސިލުން ބީލަމަށް ހުޅުވާލައިފި އެވެ.

ބީލަމަށް ހުޅުވާލާ، މިލަދޫ ކައުންސިލުން އާންމުކުރި އިއުލާނުގައި ބުނެފައިވަނީ، މަސްކަނޑާތަނެއް ހެދުމުގެ މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާކަމަށާއި، މި ހިނގާ މެއިމަހުގެ 28 ވަނަ ދުވަހުގެ 13:00 އަށް ކައުންސިލްގެ އިދާރާއަށް ހާޒިރުވެ އަންދާސީ ހިސާބު ހުށައެޅޭނެކަމަށެވެ. ކައުންސިލުން ބުނީ، މިމަސައްކަތާގުޅޭ މަޢުލޫމާތު ކަރުދާސް ދޫކުރާނީ ބީލަމުގައި ރަޖިސްޓްރީވާ ފަރާތްތަކަށް އީމެއިލް މެދުވެރިކޮށްކަމަށެވެ.

މި ބީލަމަށް ކުރިމަތިލެވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނުގެ ދަށުން ވިޔަފާރިި ރަޖިސްޓްރީ ކޮށްފައިވާ އަދި މިބީލަމުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް އެކަންޏެވެ. ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭ ފަރާތްތަކުން 19 މެއި 2025 ވާ ހޯމަ ދުވަހުގެ 12:00 ގެ ކުރިން ކައުންސިލް އިދާރާއަށް ހާޒިރުވެ ނުވަތަ އީމެއިލް މެދުވެރިކޮށް ރަޖިސްޓްރީ ކުރުމަށް ކައުންސިލް އެދިފައި ވެއެވެ. އީމެއިލް މެދުވެރިކޮށް ރަޖިސްޓްރީކުރުމަށް ފޮނުވަންޖެހެނީ [email protected]  އަށެވެ.

މިމަސައްކަތާގުޅޭ ޕްރީބިޑް މީޓިންގއެއް 20 މެއި 2025 ވާ އަންގާރަ ދުވަހުގެ 10:30ގައި އޮންނާނެކަމަށް ކައުންސިލުން ބުނެފައި ވެއެވެ.

މިލިޔުމާއި ގުޅޭ