back to top
31 C
Malé
- އިސްތިހާރު -spot_imgspot_img

މަގްބޫލް ލިޔުންތައް

64 ޓީމާއެކު ”މައި ހުޅުމާލެ“ މަސް ރޭސް މިއަދު ހަވީރު!

”މައި ހުޅުމާލެ“ މަސްރޭސް މިއަދު  ހަވީރު 04:00 ޖަހާއިރު ފަށަން ވާންޖެހޭ ހުރިހައި ތައްޔާރީތައް ވެފައިވާކަމަށް ހައުންސިންގ ޑެވެލޮޕްމެންޓް ކޯޕަރޭޝަން(އެޗްޑީސީ) އިން ބުނެފި އެވެ.

އެޗްޑީސީން ބުނީ، މަސްރޭހުގައި 64 ޓީމަކުން ބައިވެރިވެފައިވާކަމަށާއި، މި މަސްރޭސް ވަރަށް ފޯރިގަދަވާނެގޮތަކަށް އިންތިޒާމުތައް ހަމަޖައްސާފައިވާކަމަށެވެ. މަސްރޭސް ފަށަނީ މިއަދު ހަވީރު 04:00 ގައި ހުޅުމާލޭގެ ފެރީ ޓާމިނަލް ޕާކު ކައިރިންނެވެ. މަސް ރޭސް ނިންމާލާނީ ރޭގަނޑު 10:00 ގައެވެ.

ފައިސާގެ ބޮޑެތި އިނާމުތައް ލިބޭގޮތަށް ބާއްވާ މި މަސް ރޭހުގައި ބައިވެރިވާ ޓީމްތަކުގެ ތެރެއިން، އެއްވަނައަށްދާ ޓީމަކަށް 21،000ރ. ގެ ފައިސާގެ އިނާމެއް ދިނުމަށް އެޗްޑީސީން ވަނީ ނިންމާފައެވެ. އޭގެ އިތުރުން، އެންމެ ބޮޑު މަސް ބޭނޭ ފަރާތަކަށް 5،000ރ. އަދި އެންމެ މޮޅު ކެޔޮޅަށްވެސް 5،000ރ. ގެ ފައިސާގެ އިނާމެއް ދޭނެކަމަށް އެޗްޑީސީން ބުންޏެވެ.

”މައި ހުޅުމާލެ“ މަސްރޭހަކީ، ހުޅުމާލޭގައި މީހުން އާބާދުވިތާ 21 އަހަރު ފާހަގަކުރުމަށް، ހައުސިންގ ޑެވެލޮޕްމެންޓް ކޯޕަރޭޝަން(އެޗްޑީސީ) އާއި އުރީދޫ މޯލްޑިވްސް ގުޅިގެން ކުރިއަށްގެންދާ ހަރަކާތެކެވެ. މަސް ރޭސް ކުރިއަށްދާ ވަގުތުގައި، ސްކޭޓް ކުރާ ފަރާތްތަކަށް ހާއްސަކޮށްގެން ހުޅުމާލޭ ފެރީ ޓާމިނަލް ޕާކުގަ ”ސްކޭޓް ސްކޭޕް“ ކުރިއަށްގެންދިއުމަށްވެސް އެޗްޑީސީން ވަނީ ނިންމާފައެވެ. މިއީ ރޯލަރ ބްލޭޑާސް އާއި ސްކޭޓް ބޯޑާސް އަދި ސްކޫޓަރ ރައިޑަރުންގެ ހުނަރު ދައްކާލުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ކުރިއަށްގެންދާ ހަރަކާތެކެވެ.

މިލިޔުމާއި ގުޅޭ