back to top
29 C
Malé
- އިސްތިހާރު -spot_imgspot_img

މަގްބޫލް ލިޔުންތައް

މަސްވެރިން އައިހަށް މިޖެހޭ ޖެހުން މިފަސް އަހަރުގެތެރޭގައި ނިމުމަކަށް ގެންނާނަން: މިނިސްޓަރު ޝިޔާމް

ދިވެހި މަސްވެރިންނަށް ބޭނުންވާ މިންވަރަށް އައިސް ނުލިބުމުގެ މައްސަލަ ނުވަތަ މަސްވެރިން އައިހަށް ޖެހޭ ޖެހުން މި ސަރުކާރުގެ ފަސް އަހަރުގެތެރޭގައި ނިމުމަކަށް ގެންނަވާނެކަމުގެ ޔަގީންކަން ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް ދެއްވައިފި އެވެ.

މިނިސްޓަރު މިކަމުގެ ޔަގީންކަން ދެއްވީ ރައްޔިތުންގެ ސުވާލުތަކަށް ސީދާ ޖަވާބު ދެއްވުމަށް ސަރުކާރުން ކުރިއަށްގެންދަވާ ”އަހާ“ ސިލްސިލާގެ 5 ވަނަ ފޯރަމްގައި، މަސްވެރިންނަށް އައިސް ލިބުމުގެ ދަތިކަން ހައްލުކުރުމަށް ސަރުކާރުން ކުރިޔަށްގެންދަވާ މަސައްކަތްތަކާ ގުޅޭގޮތުން ފޯރަމްގެ ބައިވެރިއަކު ހުށަހެޅި ސުވާލަކަށް ޖަވާބު ދެެއްވަމުންނެވެ.

މިނިސްޓަރުގެ ޖަވާބުގައި ވިދާޅުވީ، މަސްވެރިންނަށް ބޭނުންވާ މިންވަރަށް އެކި ހިސާބުތަކުން އައިސް ނުލިބޭ މައްސަލައަކީ މަސްވެރިކަމުގެ ސިނާއަތުގައި މިހާރު ހުރި ހައްލުކުރަންޖެހޭ ބޮޑެތި މައްސަލަތަކުގެ ތެރެއިން އެއް މައްސަލަކަމަށެވެ. މި ސަރުކާރު ހަވާލުހުރި ވަރަށް ގިނަ އައިސް ޕްލާންޓްތައް ހަލާކުވެފައިހުރިކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ، އެ މައްސަލަ ހައްލުކުރުމުގެ ގޮތުން ފެނަކައިން އޮޕަރޭޓްކުރަމުންދިޔަ 17 އައިސް ޕްލާންޓްގެތެރެއިން 13 އައިސް ޕްލާންޓެއް މިފްކޯގެ ދަށަށް ގެންގޮސް މަރާމާތުކޮށް އޮޕަރޭޝަނަށް ގެންދިއުމުގެ މަސައްކަތް ކުރިޔަށް ގެންދިޔަކަމަށެވެ.

”މި ގެނައި ބަދަލާއެކީގައި ވަރަށް ބޮޑެތި ހޭދަތައްވެސް ކުރަން ޖެހިފަހުރީ. އައިސް ޕްލާންޓްތައް އެހާ ގިނަ ދުވަހު ދޫކޮށްލެވިފަ، މެއިންޓެއިން ނުކުރެވިހުރުމާއެކީގަ ވަރަށް ގިނަ އައިސް ޕްލާންޓްތައް މަސައްކަތެއްވެސް ނުކުރޭ. އެހެންވީމަ އަޅުގަނޑުމެން މި ޖެހުނީ ވަރަށް ގިނަ އައިސް ޕްލާންޓްތައް އޮޕަރޭޝަނަށް ގެނައުމަށްޓަކައި ވަރަށް ބޮޑެތި ހޭދަތައް ކުރަން. އެކަންތައްވެސް މިނިސްޓްރީގެ ބަޖެޓުންނާއެކު ހޭދަކޮށްގެން ވާނީ ނިންމާފަ.“ މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ، މިވަގަުތު މިފްކޯގެ ދަށުގަ ހުރި 29 އައިސް ޕްލާންޓްތެރެއިން ދިވެހި ރާއްޖޭގެ ތިން ސަރަހައްދެއްގަ ހުރި ތިން ޕްލާންޓް ފިޔަވައި އެހެން ހުރިހައި އައިސް ޕްލާންޓެއް މިހާރު ބަރާބަރަށް އޮޕަރޭޓްކުރަމުން އަންނަކަމަށެވެ. އަދި، އޮޕަރޭޝަން ހުއްޓިފަހުރި ތިން ޕްލާންޓްވެސް އޮޕަރޭޝަނަށް ގެނައުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރަމުން އަންނަކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މަސްވެރިން ބޭނުންވާ މިންވަރަށް އެކި ސަރަހައްދުތަކުން އައިސް ނުލިބޭ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތައް އިޝާރާތްކުރައްވައި މިނިސްޓަރު ވިދާޅުވީ، ސަރުކާރުގެ އަމާޒަކީ، ލޭންޑް ބޭސް ޕްލާންޓްތަކުގެ މިހާރު ހުރި ކެޕޭސިޓީއަށް އިތުރު 700 ޓަނު އިތުރުކުރުންކަމަށެވެ. އެގޮތުން، ޖުމްލަ 17 އައިސް ޕްލާންޓެއްގެ މަސައްކަތް މި ފަސް އަހަރުތެރޭގައި ކުރިޔަށް ގެންދެވިއްޖެނަމަ މިހާރުގެ އައިސް އެވެލިބިލިޓީ ހުރި މިންވަރު އިތުރު ކުރެވި، އައިހަށް ޖެހޭ ޖެހުން ނިމުމަކަށް ގެނެވޭނެކަމަށް ވިދާޅުވި އެވެ.

”ދިވެހިރާއްޖޭގައި އައިހަށް މިޖެހޭ ޖެހުން މިފަސް އަހަރުގެތެރޭގައި އިރާދަ ކުރއްވިއްޔާ އެއްކޮށް ނިމުމަކަށް ގެންނާނަން. އެގޮތުން މިއަހަރު އެކަނިވެސް އަޅުަގަނޑުމެން ތިން އައިސް ޕްލާންޓެއްގެ މަސައްކަތް މިހާރުވެސް އަލަށް ފަށްޓައިގެން ކުރިޔަށް އެބަގެންދަން. ހަމައެއާއެކީގައި އިތުރު ފަސް ޕްލާންޓެއްގެ މަސައްކަތްކުރުމަށްޓަކައި، މިހާރު އެވަނީ ޓެންޑާކުރެވި ބީލަންތައް ބަލައިގަނެ އިވެލުއޭޝަން މަރުހަލާގަ މިހާރު މިވަނީ.“ މިނިސްޓަރު ވިދާޅުވި އެވެ.

ސަރުކާރުގެ ޕަބްލިކް ސެކްޓާ އިންވެސްޓްމެންޓް ޕްރޮގްރާމް(ޕީއެސްއައިޕީ)ގެ ދަށުން ކުރިޔަށްގެންދާ ތިން އައިސް ޕްލާންޓްގެ އަމަލީ މަސައްކަތް ނިމި ކުރިޔަށް އޮތް ތިންމަސް ތެރޭގައި އޮޕަރޭޝަަނަށް ގެނެވޭނެކަމަށާއި، ސައުދީ ފަންޑް ފޮރ ޑެވެލޮޕްމެންޓް(އެސްއެފްޑީ)ގެ މާލީ އެހީތެރިކަމާއެކު ކުރިޔަށްގެންދާ 5 އައިސް ޕްލާންޓްގެ މަސައްކަތާއި، ޕްރައިވެޓް ފަންޑިންގެ ތެރެއިން އިތުުރު ތިން ޕްލާންޓެއް ގާއިމުގެކުރުމުގެ މަސައްކަތްވެސް މިއަހަރުގެތެރޭގައި ފެށޭނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މިއީ، މިއަހަރުތެރޭ ކުރިޔަށް ގެންދިއުމަށް އަމާޒު ހިފާފައިވާ 11 އައިސް ޕްލާންޓްގެ މަސައްކަތްކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މަސްވެރިންނަށް ދިމާވެފައިވާ އައިސް ލިބުމުގެ ދަތިކަން ޙައްލުކުރެއްވުމަށް ލޭންޑް ބޭސްޑް އައިސް ޕްލާންޓްތައް ގާއިމުކުރުމުގެ އިތުރުން، އާރް.އެސް.ޑަބްލިއު ސިސްޓަމްތައް ޤާއިމުކުރުމަށް ކުރައްވާ މަސައްކަތްތަކުގެ އަދާހަމަވެސް، މިނިސްޓަރު ރޭގެ ފޯރަމްގައި ހިއްސާކުރައްވާފައި ވެއެވެ. އަދި، މަސްވެރިކަން ފުޅާކޮށް، މަސްވެރިންނަށް ލުއިފަސޭހަކޮށް، މަސްވެރިންގެ އާމްދަނީ އިތުރުކުރެއްވުމަށާއި، މާލީ ގޮތުން މަސްވެރިން ބާރުވެރިކުރުމަށް ކުރެއްވުމަށް ނިންމަވާފައިވާ މަސައްކަތްތަކަށްވެސް ރޭގެ ފޯރަމްގައި މިިނިސްޓަރު އަލިއަޅުއްވާލެއްވި އެވެ.

މިލިޔުމާއި ގުޅޭ