back to top
29 C
Malé
- އިސްތިހާރު -spot_imgspot_img

މަގްބޫލް ލިޔުންތައް

މޫސުން ގޯސްވެ މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި

މޫސުން ގޯސްވެދާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން މޫސުމީ ހުދު ސަމާލު ނެރެފި އެވެ.

ސަމާލު ނެރެފައިވަނީ، 13:15 އިން 18:15 އާ ހަމަޔަށެވެ. ސަމާލު ނެރެފައިވާ ވަގުތުގައި، ގަޑިއަކު 19 މޭލާ 24 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވެ، ކަނޑުތައްވެސް ގަދަވާނެކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ލަފާކޮށްފައި ވެއެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއިން މީގެކުރިންވެސް ވަނީ ރާއްޖޭގެ އެކި ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރުގަދަވާނެކަމަށް ބެލެވޭތީ، ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކޮށް، ބައެއް ރަށްރަށަށް ގުގުރުމާއެކު ވިއްސާރަކުރާނެކަމަށް ލަފާކޮށްފަ އެވެ. އަދި ވައިގަދަވެ، ކަނޑުތައްވެސް ގަދަވާނެކަމަށް ލަފާކުރެވޭތީ ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމީ އެންމެ ފަހުގެ މައުލޫމާތު އަދާހަމަކުރުމަށް ސަމާލުވުމަށްވެސް އެ އިދާރާއިން އިލްތިމާސްކޮށްފައި ވެއެވެ.

މޫސުން ގޯސްވުމާއި ގުޅިގެން މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ ހުރިހާ ފަރާތްތަކުންްވެސް މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފަ އެވެ. އަދި ފުލުހުންވެސް ވަނީ މޫސުމަށް ރައްކާތެރިވެ، ޚާއްސަކޮށް ކަނޑު ދަތުރުކުރާ ފަރާތްތަކުން ދަތުރަށް ފެށުމުގެ ކުރިން މޫސުމަށް ބަލައި، މޫސުމީ ސަމާލާ އެއްގޮތަށް އަމަލުކުރުމަށް އިލްތިމާސްކޮށްފައެވެ. އަދި ދަތުރަށް ފެށުމުގެ ސަމާލަތީ ކަންކަން ފުރިހަމަތޯ ކަށަވަރުކުރުމަށާއި، ހުރިހައި ދަތުރުވެރިން ލައިފް ޖެކެޓް އެޅުވުމަށްވެސް ހަނދާންކޮށްދީފަ އެވެ.

މިލިޔުމާއި ގުޅޭ