back to top
30 C
Malé
- އިސްތިހާރު -spot_imgspot_img

މަގްބޫލް ލިޔުންތައް

ރާއްޖޭގެ 10 ސަރަަހައްދަކުން 15 ފަރާތަކުން ބޭސިކް މެރިން ކަލްޗަރ ކޯސް ފުރިހަމަކޮށްފި

ސަރުކާރުގެ ހަފުތާ-14 ގެ ތެރެއިން އިފްތިތާހު ކުރެވުނު މެރިން ހެޗަރީ ޕްރޮގްރާމްގެ ދަށުން ހިންގާ ބޭސިކްް މެރިން ކަލްޗަރ ކޯސް 15 ފަރާތަކުން ފުރިހަމަކޮށްފި އެވެ.

މޯލްޑިވްސް މެެރިން ރިސާޗް އިންސްޓިއިޓް(އެމްއެމްއާރްއައި)އިން އިންތިޒާމްކޮށްގެން، ކ. މަނިޔަފުށި ޓްރެއިނިންގ އިންސްޓިޓިއުޓްގައި 26 އޭޕްރިލް އިން 8 މެއި ގެނިލަމަށް ކުރިއަށް ގެންދިޔަ ”ބޭސިކް މެރިކަލްޗަރ ތަމްރީނު ކޯސް“ ގެ ތިންވަނަ ބެޗުގައި މާލެ ސަރަހައްދު ހިމެނޭގޮތުން، ރާއްޖޭގެ 10 ސަރަހައްދަކުން 15 ފަރާތަކުން ބައިވެރިވެ ކޯސް ފުރިހަމަކޮށްފައި ވެއެވެ. މީގެ ތެރޭގައި އަންހެން ބައިވެރިއަކުވެސް ހިމެނެއެވެ. ކޯސް ފުރިހަމަ ކުރި ފަރާތްތަކަށް އެކަމުގެ ލިޔުން ހަވާލުކޮށްދެއްވީ މިކަމަށްޓަކައި މިއަދު ހެނދުނުު ކ. މަނިޔަފުށި ޓްރެއިނިންގ އިންސްޓިޓިއުޓްގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމްއެވެ. މި ރަސްމިއްޔާތުގައި ފިޝަރީޒް މިނިސްޓްރީއާއި އެމްއެމްއާރްއައިގެ އިސްވެރިން ބައިވެރިވަޑައިގެންނެވި އެވެ.

ކޯސް ނިންމުމުގެ ރަސްމިއްޔާތު ޝަރަފްވެރިކުރައްވައި ވާހަކަފުޅުދައްކަވަމުން ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް ވިދާޅުވީ، އެކުއާކަލްޗަރ ސިނާއަތަކީ ބޭނުންވާ ސްކޭލްގަ އެއްވެސް އިރެއްގައި ތަރައްގީ ނުކުރެވި އޮތް ސިނާއަތެއްކަމަށާއި، އެހެންނަމަވެސް މި ސަރުކާރު ފެށުމާއެކީގައި މި ސިނާއަތު ކުރިއަރުވަން ގިނަ މަސައްކަތްތަކެއް ކުރުމަށް ގަސްދުކޮށް، މި މަސައްކަތަށް ބޭނުންވާ މީހުން ތަމްރީން ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް އެމްއެމްއާރްއައި އިން ކުރަމުން އަންނަކަމަށެވެ. އެގޮތުން، ބޭސިކް މެރިކަލްޗަރ ކޯހަކީ ތައުލީމީ ނިޒާމުގެ އޮނިގަނޑަށް ފެތޭ ސެޓްފިކެޓް ލިބޭ ކޯހަކަށް ހެދުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

”ރައީސުލްޖުމްހޫރިއްޔާގެ މުހިންމު އިސްނެންގެވުމަކާއެކީގައި ފިޝަރީޒް ކޮލެޖެއް މިވަނީ ގާއިމުކުރެވިފަ އެމްއެންޔޫގެ ހިޔާވަހިކަމުގެ ދަށުގަ. އެމްއެމްއާރްއައިއިން ދަނީ އެމްއެންޔޫއާ ގުޅިގެން ސެޓިފިކެޓް ލެވެލްއަށް މިކޯސް ގެންދެވޭތޯ މަސައްކަތް ކުރަމުން. އިރާދަކުރެއްވިއްޔާ މިއީ ކުރެވޭނެކަމެއް. އޭރުން އެކްރެޑިޓެޑް ސެޓިފިކެޓެއް ލިބޭނެ.“ މިނިސްޓަރު ވިދާޅުވި އެވެ.

މެރިކަލްޗަރ ތިއަރީ އަދި އަމަލީ ތަޖުރިބާ އެކުލެވޭގޮތަށް ކުރިޔަށްގެންދިޔަ މި ކޯހަކީ، ދެމެހެއްޓެނިވި މެރިން އެކުއާ ކަލްޗަރ، ނުވަތަ މެރިކަލްޗަރ ސިނާއަތެއް ރާއްޖޭގައި ގާއިމުކުރުމަށް މަގުފަހިކުރުމަށްޓަކައި، މެރިކަލްޗަރ ދާއިރާގައި ޝާމިލުވާނެ ދިވެހިން ބިނާކުރުމުގެ މަގުސަދުގައި ކުރިޔަށްގެންދާ ތަމްރީން ޕްރޮގްރާމެކެވެ. އެގޮތުން މި ކޯހުގައި އެކުއަކަލްޗަރގެ ނިޒާމުތަކާއި، ދިރޭ ކާނާ އާލާކުރުމާއި، ފާނަޔާއި ހުއިފިލަނޑަޔާއި ދިވެހި މާގަނޑުމަސް އަދި އިތާމުތް އާލާކުރުމާއި، އާލާ ކުރާ ބާވަތްތަކަށް ޖެހޭ ބަލިތައް ދެނެގަނެ ބަލިތަކުން ރައްކާތެރިކުރުމާއި، މެރިކަލްޗަރ މަސައްކަތްތައް ކުރުމުގައި ތިމާވެށްޓަށް ގެއްލުން ކުޑަވާގޮތަށް އެ މަސައްކަތް ކުރުމާ ގުޅޭގޮތުން މައުލޫމާތު ދިނުމުގެ އިތުރުން، ފާނަޔާއި ހުއިފިލަނޑާ އަދި މާގަނޑުމަސް އާލާކުރުމުގެ އަމަލީ ތަޖުރިބާ ކޯހުގެ ބައިވެރިންނަށް ދީފައިވެއެވެ.

މިލިޔުމާއި ގުޅޭ