back to top
29 C
Malé
- އިސްތިހާރު -spot_imgspot_img

މަގްބޫލް ލިޔުންތައް

މިރޭވެސް މޫސުން ގޯސް! ބޮޑު ސަރަހައްދަކަށް ހުދު ސަމާލު ނެރެފި

ބޯކޮށް ވާރޭވެހި ވައިގަދަވާނެކަމަށް ލަފާކޮށް ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން މޫސުމީ ހުދު ސަމާލު ނެރެފި އެވެ.

މިރޭ ދަންވަރު 12:30 އިން މާދަމާ ހެނދުނު 06:30 އާ ހަމަޔަށް ހުދު ސަމާލު ނެރެފައިވަނީ، ފ އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމަޔަށެވެ. އެ އަތޮޅުތަކަށް ނެރުނު ހުދު ސަމާލުގައި ބުނެފައިވަނީ ސަމާލުނެރެފައިވާ ވަގުތުގައި ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެކަމަށާއި ވިލާގަނޑުގައި ގަޑިއަކު 40 މޭލުގެ ބާރުމިނުގައި ވައިޖެހޭނެކަމަށެވެ.

މާދަމަ ހެނެދުނު 08:00 އާ ހަމަޔަށް މޫސުން ކުރިޔަށް ލަފާކޮށް މުސުމާ ބެހޭ ގައުމީ އިދާރާއިން ބުނެފައިވަނީ ކަނޑުތައްވެސް ގަދަވާނެކަމަށެވެ. އަދި، ރާޅުތައް ނަގާނީ 4 -7 ފޫޓުގެ އުސްމިނުގައިކަމަށް ލަފާކޮށްފައިވެއެވެ.

މޫސުން ގޮސްވުމާއި ގުޅިގެން މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ ހުރިހާ ފަރާތްތަކުންްވެސް މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފަ އެވެ. އަދި ފުލުހުންވެސް ވަނީ މޫސުމަށް ރައްކާތެރިވެ، ޚާއްސަކޮށް ކަނޑު ދަތުރުކުރާ ފަރާތްތަކުން ދަތުރަށް ފެށުމުގެ ކުރިން މޫސުމަށް ބަލައި، މޫސުމީ ސަމާލާ އެއްގޮތަށް އަމަލުކުރުމަށް އިލްތިމާސްކޮށްފައެވެ. އަދި ދަތުރަށް ފެށުމުގެ ސަމާލަތީ ކަންކަން ފުރިހަމަތޯ ކަށަވަރުކުރުމަށާއި، ހުރިހައި ދަތުރުވެރިން ލައިފް ޖެކެޓް އެޅުވުމަށް ހަނދާންކޮށްދީފަ އެވެ.

މިލިޔުމާއި ގުޅޭ