back to top
31 C
Malé
- އިސްތިހާރު -spot_imgspot_img

މަގްބޫލް ލިޔުންތައް

ކޮޅުފުށީ ރައްޔިތުންގެ މަސްދޯނި ކުއްޔަށް ދެނީ

މ. ކޮޅުފުށީ ރައްޔިތުންގެ މަސްދޯނި ކުއްޔަށް ދިނުމަށް އެރަށު ކައުންސިލުން ނިންމައިފި އެވެ.

ބީލަން އުސޫލުން ކުއްޔަށް ދޭން ކައުންސިލުން ނިންމާފައިވަނީ އެރަށު ރާއްޔިތުންގެ މަސް ދޯނިކަމަށްވާ ”ދުރުރާސްތާ-8“ އެވެ. އެއީ 85 ފޫޓް ބޮޑު މިނުގެ ދޯންޏެކެވެ. ކުއްޔަށް ނަގަން ޝައުގުވެރިވާ ފަރާތްތަކަށް ބިޑް ހުށަހެޅުމުގެ ފުރުސަތު ކޮޅުފުށީ ކައުންސިލުން އިއްޔެ ވަނީ ހުޅުވާލާފަ އެވެ.

ކޮޅުފުށި ކައުންސިލް ރައީސް އަބްދުލް އަލީމް ވިދާޅުވީ، ދޯނި ކުއްޔަށް ނަގަން ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު އިއްޔެ ހުޅުވާލާފައިވާކަމަށެވެ.  އަދި،  ބީލަން ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް މިމަހުގެ 07 އިން 13 ވަނަ ދުވަހުގެ ނިޔަލަށް ބިޑްފޮތް ގަނެވޭނެކަމަށާއި، ބިޑް ފޮތެއްގެ އަގަކީ، 1000 ރުފިޔާ ކަމަށް ރައީސް ވިދާޅުވި އެވެ. އޭގެއިތުރަށް ބީލަން ސެކިއުރިޓީގެ ގޮތުގައި 20،000 ރުފިޔާ ދައްކަން ޖެހޭނެކަމަށްވެސް ރައީސް ވިދާޅުވި އެވެ.

ދޯނި ކުއްޔަށް ހިފަން ބީލަން ހުށަހަޅަން ބޭނުންވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހެޅުމާއި، އަންދާސީ ހިސާބު ހުޅުވުުން އޮންނާނީ މިމަހުގެ 18 ވާ އާދީއްތަ ދުވަހުގެ 14:00ގައި ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގަ އެވެ.

ދޯންޏާބެހޭ އިތުރު މައުލޫމާތު ހޯދަން ބޭނުންވާ ފަރާތްތަކަށް، ރަސްމީ ގަޑީގައި ކައުންސިލް ނަންބަރު 6720606 އަށް ގުޅާލައިގެންް ނުވަތަ [email protected] އަާށް މެއިލްކޮށްލައިގެން މައުލޫމާތު ސާފުކޮށްލެވޭނެއެވެ.

މިލިޔުމާއި ގުޅޭ