back to top
32 C
Malé
- އިސްތިހާރު -spot_imgspot_img

މަގްބޫލް ލިޔުންތައް

ކަނޑައިގެން ދިޔަ ހިރިލަންދޫ ދޮށީ ކަނދުފަތި އަޅައިފި

ތ. ހިރިލަންދޫގައި އާ ދޮށީ ކަނދުފައްޗެއް ގާއިމުކޮށްފި އެވެ.

މެދު ޜޭއްޖެތެރޭގެ އަތޮޅުތަކުގައި ކަނޑައިގެންގޮއްސަ ހުރި ކަނދުފަތިތައް މަރާމާތުކުރުމަށާއި، އާ ކަނދުފަތިތައް އެޅުމަށް ފިޝަރީޒް މިނިސްޓްރީގެ ޓީމް ކުރި ދަތުރުގެތެރެއިން ތ އަތޮޅަށް ކުރި ދަތުރުގައި އިއްޔެ ވަނީ އެ އަތޮޅުގެ ހިރިލަންދޫ ދޮށީ ކަނދުފަތި، އެރަށުގެ ހުޅަނގު ދެކުނުން 32 މޭލު ބޭރުގައި ގާއިމުކޮށްފައެވެ. މި ކަނދުފަތީގެ ނަންބަރަކީ، L08D02 އެވެ. ހިރިލަންދޫގައި އަލުން ދޮށީ ކަނދުފައްޗެއް އަޅާފައިވަނީ ކުރިން އެރަށުގައި އަޅާފަ އޮތް ކަނދުފަތި ކަނޑައިގެން ދިއުމުންނެވެ.

ފިޝަރީޒް މިނިސްޓްރީގެ ޓީމުން ތ އަތޮޅަށް ކުރި މިދަތުރުގައި މި މަހުގެ އެއްވަނަ ދުވަހު ވަނީ ތ. ބުރުނީގެ ވަދު ކަނދުފަތިވެސް އަލުން އަޅާފަ އެވެ. އެ ކަނދުފަތި އެޅީ އެރަށުގެ އުތުރުން 4.5 މޭލު ބޭރުގައެވެ. ވަދު ކަނދުފަތި ނަންބަރަކީ، 01-K09V01 އެވެ.

 

މިލިޔުމާއި ގުޅޭ