back to top
32 C
Malé
- އިސްތިހާރު -spot_imgspot_img

މަގްބޫލް ލިޔުންތައް

އޮޑިދޯނި ފަހަރު ބަނުމުގެ ދާއިރާއަށް ޚާއްސަ ލޯނު ސްކީމެއް ތައާރަފްކުރަނީ

އޮޑިދޯނިފަހަރު ބަނުމުގެ ދާއިރާއަށް ޚާއްސަ ލޯނު ސްކީމެއް ތައާރަފުކުރުމަށް ނިންމަވާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، މަސްވެރިކަމުގެ ދާއިރާއިން ސަރުކާރުން ދޫކުރަމުން އަންނަ ލޯނު ސްކީމްތައް އަދި މާލީ ފެސިލިޓީތަކަށް އިޝާރާތްކުރައްވައި، ރައީސް ވިދާޅުވީ އޮޑިފަހަރު ބަނުމަށް ޚާއްސަ ލޯން ސްކީމެއް ތައާރަފްކުރުމަށް އެމަނިކުފާނު ނިންމަވާފައިވާކަމަށާއި، އެސްކީމް ތައާރަފްކުރުމުގެ މަރުހަލާގެ މަސައްކަތްތައް މިހާރު ފިނޭންސް މިނިސްޓްރީން ކުރަމުން އަންނަކަމަށެވެ. މި ސްކީމް ތައާރަފްކުރެވިގެން ދިއުމާއެކު، އޮޑިދޯނި ފަހަރު ބަންނަން ބޭނުންވާ ފަރާތްތަކަށް ލުއި ލޯނު ލިބޭނެ އިންތިޒާމު ހަމަޖެހިގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ މި ލޯނު ތައާރަފްކުރެވުމުން، މިހާރު އޮޑި ދޯނިފަހަރާއި ލޯންޗުތައް ރާއްޖެއިން ބޭރުން ގެންނަ ގެނައުން ދަށްކުރެވި، މާވަޑިކަމުގެ ދާއިރާއިން ކުރިޔަށްދާން ބޭނުންވާ ޒުވާނުންނާއި މަސައްކަތްތެރިންނަށް ފުރުސަތުތަކެއް ފަހި ވެގެންދާނެކަމަށެވެ.

މަސްވެރިކަމުގެ ދާއިރާއިން މިހާރުވެސް ސަރުކާރުން ގެންދަނީ އެސްޑީއެފްސީ މެދުވެރިކޮށް އެކި ނަންނަމުގައި ތަފާތު ފައިނޭންސިން ފެސިލިޓީތައް ހަމަޖައްސައިދެމުންނެވެ. އެގޮތުން، ފަރުމަހުގެ މަސްވެރިކަމަށް ދާއިރާއިން ޚާއްސަ ލޯން ސްކީމެއް މިދިޔަ އަހަރު ތައާރަފްކޮށްފައިވާއިރު،މިހާތަނަށް 41 ފަރާތަކަށް 12.9 މިލިއަން ރުފިޔާވަނީ ދޫކޮށްފަ އެވެ. އަދި އޮޑި ފަހަރުގައި އާރްއެސްޑަބްލިއު ސިސްޓެމް ހަރުކުރަންވެސް ޚާއްސަ ފެސިލިޓީއެއް ގާއިމުކޮށް ދަނީ ފައިސާދޫކުރަމުންނެވެ.

މިލިޔުމާއި ގުޅޭ