back to top
32 C
Malé
- އިސްތިހާރު -spot_imgspot_img

މަގްބޫލް ލިޔުންތައް

ރޯމަސް ކިލޯއެއް 20 ރުފިޔާގެ ރޭޓުން ގަންނަން ވީ ވައުދު ފުއްދޭނެކަމުގެ ޔަގީންކަން އެބައޮތް: ރައީސް

ދުނިޔޭގެ ބާޒާރުގައި މަހުގެ އަގަށްއަންނަ ބަދަލަށް ރިއާޔަތްކޮށް ރާއްޖޭގައި ރޯމަސް ގަންނަ އަގަކީ ކިލޯއެއް 20 ރުފިޔާކަމުގައި ހަމަޖައްސަވައިދެއްވާނެކަމަށް ވެވަޑައިގެންނެވި ރިޔާސީ ވައުދު ފުއްދޭނެކަމުގެ ޔަގީންކަން އެބައޮތްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި،20 ރުފިޔގެ ރޭޓަށް މަސް ގަތުމުގެ ވައުދު ފުއްދުނީތޯ ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

ރައީސް ވިދާޅުވީ ރޯ މަސް ކިލޯއެއް ގަންނަ އަގަކީ 20 ރުފިޔާކަން ކަނޑައެޅުމާ ހިސާބަސް ދިއުމަށްޓަކައި ފްރީ މާކެޓަކަށް ފުރުސަތު ދޭންޖެހޭނެކަމަށެވެ. ރައީސް ވިދާޅުވީ މަސްވެރިކަމުގެ ދާއިރާގެ ވައުދުތަކަކީ ވަށައިޖެހޭ އިންތިޒާމެއްގެ ތެރެއިން ހަމަޖެހިގެންދާނެ ވައުދުތަކެއްކަމަށާއި، މަސްވެރިން އަތުން 20 ރުފިޔާއެއް މަސް ކިލޯއެއް ގަނެވޭނީ، މަސްވެރިންނަށް އަތުން ގަންނަ މަހަށް 48 ގަޑީއިރުގެތެރޭގައި ބަރާބަރަށް ފައިސާ ދޫކުރެވި، އައިސް ލިބޭނެ އިންތިޒާމު ހަމަޖެހި، ތެޔޮ ލިބޭގޮތް ހަމަޖެހި، މަސްވެރި ސިނާއަތު ރަނގަޅަށް ހިނގައިގަތުމުން ކަމަށެވެ. އަދި އެހުރިހައި އިންތިޒާމެއް ހަމަޖެހުމުން އެވައުދު ފުއްދޭ ހިސާބަށް ދެވޭނެކަމަށާއި، އެވައުދާއި، މަސްވެރިންނަށްވެފައިވާ އެހެނިގެން ވައުދުތައްވެސް ފުއްދޭނެކަމުގެ ޔަގީންކަން އެބައޮތްކަމަށް ރައީސް ވިދާޅުވި އެވެ.

”ކޯލްޑް ސްޓޯރޭކްތަކާއި، ޕްރޮސެސިންގް ޕްލާންޓްތަކާއި، އެސްޓީއޯ ތެޔޮ ސްކިޑްއާއި، އެހެންވީމަ އެކަންކަން ވެގެންދިޔައިމާ މަސްވެރިކަމުގެ އިންޑަސްޓްރީއަށް އަންނަ ކުރިއެރުމާއެކީގައި އަޅުގަނޑަށް ފަސޭހަވާނެ ތި ވައުދު(20 ރުފިޔާގެ ރޭޓުން މަސް ގަތުން) ފުއްދަން.“ ރައީސް ވިދާޅުވި އެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގެ ފުރަތަމަ ދަންފަޅީގައި ސަރުކާރުގެ މަޝްރޫއުތަކުގެ އަދާހަމަ ނޫސްވެރިންނާ ހިއްސާކުރައްވަމުން ރައީސް ވިދާޅުވެފައިވަނީ، އެމަނިކުފާނުގެ ވައުދުތަކުގެ ތެރޭގައި،ކޯލްޑް ސްޓޯރޭޖް އިތުރުކުރުން ހިމެނޭކަމަށާއި، އަދި އުންމީދަކީ ސްޓޯރޭޖް ތިން ގުނަ އިތުރުކުރެއްވުންކަމަށެވެ.

”އަހަރުމެން ހަވާލުވީއިރު ހުރީ 2500 ޓަނުގެ ސްޓޯރޭޖް. އެ އަދަދު ގާތްގަނޑަކަށް ތިން ގުނަ އިތުރުކުރަން. އަޅުނޑުގެ ވައުދަކީ ދެގުނަ އެހެންނަމަވެސް މިހާރު ރޭވިފަ އޮތީ މިހާރ ރޭވިފަ ހުރި މަސައްކަތް ރަނގަޅަށް ގެންދެވިއްޖެނަމަ 25،000 ޓަނަށް ކޯލްޑް ސްޓޯރޭޖް ބޮޑުކުރުން. ކޯލްޑް ސްޓޯރޭޖް ބޮޑުކުރެވުމަކީ އެޗީވަބަލް ޓާގެޓެއް.“ ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ޕްރޮސެސިން ކެޕޭސިޓީ މިހާތަނަށް ހުރީ ދުވާލެއްގެ މައްޗަށް 50 ޓަނު ޕްރޮސެސްކުރެވޭ މިންވަރަށް ކަމަށެވެ. އަދި، އެދަދަުވެސް 250 ޓަނަށް އިތުރުކުރަން މަޝްރޫތަކެއް ހިންގަމުން އަންކަމަށް ވިދާޅުވި އެވެ. މީގެ އިތުރުން ދެން އައިސް އުފެއްދުމުގެ ކެޕޭސިޓީ އިތުރު 500 ޓަނު އިތުރުކުރުމަށް ކުރިޔަށްގެންދާ އައިސް ޕްލާންޓް މަސައްކަތްތައްވެސް އެބަހިގާކަމަށާއި، ރޭވިފައިވާ ގޮތަށް މި މަޝްރޫގެ މަސައްކަތްތައް ކުރިޔަށްދާކަމަށް ވިދާޅުވި އެވެ.
ޗާޓްގައިވާ ރަށްތައް

މީގެ އިތުރުންވެސް، މަސްވެރިންނަށް ހެޔޮ އަގުގައި ތެޔޮ ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ކުރިޔަށް މަޝްރޫއުވެސް ރޭވިގެން ކުރިޔަށްދާކަން ފާހަގަކުރައްވައި، އަންނަ އަހަރުގެ މާޗްމަހުގެ ނިޔަލަށް ރާއްޖޭގެ ކޮންމެ އަތޮޅެއްގެ އެއްތަނެއްގައި އެސްޓީއޯގެ ބޭސްރޭޓުގައި ތެޔޮ ލިބޭނެ އިންތިޒާމު ހަމަޖެހިގެންދާނެކަމަށް ރައީސް ވިދާޅުވި އެވެ.

މިލިޔުމާއި ގުޅޭ