back to top
30 C
Malé
- އިސްތިހާރު -spot_imgspot_img

މަގްބޫލް ލިޔުންތައް

ބުރުނީ ވަދުކަނދުފަތި އަލުން އަޅައިފި

ތ. ބުރުނީގައި ވަދު ކަނދުފައްޗެއް އަޅައިފި އެވެ.

ފިޝަރީޒް މިނިސްޓްރީން ބުނިގޮތުގައި، އެ ވަދު ކަނދުފަތި އަޅާފައިވަނީ އިއްޔެގެ ވަގުތެއްގައި، އެރަށުގެ އުތުރުން 4.5 މޭލު ބޭރުގައެވެ.

ވަދު ކަނދުފަތި ނަންބަރަކީ، 01-K09V01 އެވެ.

ބުރުނީގައި އަލުން ވަދު ކަނދުފައްޗެއް އެޅީ މިދިޔަ އަހަރުގެ އެޕްރީލް މަހު އެޅި ވަދު ކަނދުފަތި ކަނޑައިގެން ދިއުމާއި ގުޅިގެންނެވެ. އޭރު ކަނދުފަތި އަޅާފައި އޮތީ އެރަށުގެ އިރު އުތުރުން 5.6 މޭލު ބޭރުގަ އެވެ.

ރަށްރަށުގެ ވަށައިގެން 3 މޭލާއި 6 މޭލާއި ދެމެދުގެ ދުރުމިނުގައި ޤާއިމުކުރާ ވަދު ކަނދުފައްޗަކީ ވަދު ނަނުގެ އަދި ސްޕޯޓް ފިޝިންގ މަސްވެރިކަމަށް ޚާއްސަ ކަނދުފަތިތަކެކެވެ. ވަދު ކަނދުފަތި، ފަރުމާކޮށްފައިވަނީ ދުރަށް ފެންނަހެން ބައްތިއަކާއި، ކަނދުފަތި އޮތް ތަން ފަސޭހައިން ދެނެގަނެވޭނެގޮތަށް ހުންނަ ރާޑަރު ރިފްލެކްޓަރަކާއި އެކުގައެވެ.

މިލިޔުމާއި ގުޅޭ