back to top
31 C
Malé
- އިސްތިހާރު -spot_imgspot_img

މަގްބޫލް ލިޔުންތައް

މާދަމާއަކީ ދުނިޔޭގެ މަސައްކަތްތެރިންގެ ދުވަސްކަމަށްވާތީ ފެސިލިޓީތަކުންނާއި ބޯޓްތަކުން މަސް ނުގަންނާނެ: މިފްކޯ

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ(މިފްކޯ) އިން މާދަމާ އޮޑިފަހަރުން މަސް ނުގަންނާނެކަމަށް އެކުންފުނިން ބުނެފި އެވެ.

މިފްކޯއިން ބުނީ މާދަމައަކީ މާދަމައަކީ ބައިނަލްއަގުވާމީގޮތުން ފާހަގަކުރާ މަސައްކަތްތެރިންގެ ދުވަސްކަމަށްވާތީ، އެކުންފުނީގެ ފެސިލިޓީތަކުންނާއި ބޯޓްފަހަރުން މާދަމާ މަސް ނުގަންނާނެކަމަށެވެ. އަދި އެކުންފުނީގެ އެކި ފެސިލިޓީތަކުންނާއި، އެކުްންފުނިން އެކި އަތޮޅުތަކުގައި ހިންގާ އައިސް ޕްލާންޓްތަކުންވެސް އައިސް ނުގަންނާނެކަމަށެވެ.

މިފްކޯއިން ބުނީ، މާދަމާ އައިސް ނުވިއްކާތީ އޭގެ ބަދަލުގައި ޖެހިގެން އަންނަ ހުކުރު ދުވަހު ފެސިލިޓީތަކުންނާއި އައިސް ޕްލާންޓްތަކުން މަސްވެރިންނަށް އައިސް ވިއްކާނެކަމަށެވެ. އާންމުކޮށް ހުކުރު ދުވަހަކީ މިފްކޯގެ ފެސިލިޓީތަކާއި އައިސް ޕްލާންޓްތައް ބަންދުދަވަހެކެވެ. އެދުވަހު މަހެއްވެސް ނުކިރާނެއެވެ.

މި ދުވަސްވަރަކީ މަސްވެރިކަން ރަނގަޅު ދުވަސްވަރަކަށްވެފައި، މަސްވެރިންނަށް ވީހާވެސް ލުއި ފަސޭހަގޮތެއްގައި މަސް ކިރޭނެ އިންތިޒާމާއި، އަދި މިފްކޯގެ ފެސިލިޓީތަކުން ތެލާއި އައިސް ލިބޭނެ އިންތިޒާމު އެކުންފުނިން ދަނީ ހަމަޖައްސަމުންނެވެ.

މިލިޔުމާއި ގުޅޭ