back to top
29 C
Malé
- އިސްތިހާރު -spot_imgspot_img

މަގްބޫލް ލިޔުންތައް

ދިއްގަރު ބޭރުގައި ވަދު ކަނދުފައްޗެއް އަޅައިފި

މުލަކަތޮޅު ދިއްގަރު ބޭރުގައި ވަދު ކަނދުފައްޗެއް އަޅައިފި އެވެ.

ފިޝަރީޒް މިނިސްޓްރީގެ ޓީމުން މިހާރު މެދު ރާއްޖެތެރޭގެ އަތޮޅުތަކަށް ކުރަމުންދާ ދަތުރުގައި މިއަދު ވަދު ކަނދުފައްޗެއް އަޅާފައިވަނީ، ދިއްގަރު އިރު އުތުރުން 6 މޭލު ބޭރުގަ އެވެ. ކަނދުފަތީ ނަންބަރަކީ J10V01 އެވެ.

މިއީ މުލަކު އަތޮޅުގައި އެޅި ދެވަނަ ވަދު ކަނދުފައްޗެވެ. މީގެ ކުރިން އެޅީ ވަދު ކަނދުފަތި އޮންނަނީ އެއަތޮޅު ވޭވަށުގެ އިރުން 4.05 މޭލު ބޭރުގަ އެވެ. އެކަނދުފަތި އެޅީ، މިދިޔަ އަހަރުގެ އެޕްރީލްމަހުގެ ތެރޭގައެވެ.

ރަށްރަށުގެ ވަށައިގެން 3 މޭލާއި 6 މޭލާއި ދެމެދުގެ ދުރުމިނުގައި ޤާއިމުކުރާ ވަދު ކަނދުފައްޗަކީ ވަދު ނަނުގެ އަދި ސްޕޯޓް ފިޝިންގ މަސްވެރިކަމަށް ޚާއްސަ ކަނދުފަތިތަކެކެވެ. ވަދު ކަނދުފަތި، ފަރުމާކޮށްފައިވަނީ ދުރަށް ފެންނަހެން ބައްތިއަކާއި، ކަނދުފަތި އޮތް ތަން ފަސޭހައިން ދެނެގަނެވޭނެގޮތަށް ހުންނަ ރާޑަރު ރިފްލެކްޓަރަކާއި އެކުގައެވެ.

މިލިޔުމާއި ގުޅޭ