މަސް ކެއްކުމާއި، ރިހާކުރު ކެއްކުމުގެ މަސައްކަތްކުރަން، ބިމެއް ކުއްޔަށް ދޫކުރަން ހުރާ ކައުންސިލުން ނިންމައިފި އެވެ.
ހުރާ ކައުންސިލުން ބުނީ، އެރަށު ކުޅީގެ ހުޅަގުފަރާތުން ކޯރުގެ އުތުރުން 750 އަކަފޫޓްގެ 1 ބިން 2 އަހަރުގެ މުއްދަތަކަށް ކުއްޔަށް ދޫކުރަން ނިންމާފައިވާކަމަށެވެ. އަދި ގްރޭސް ޕީރިއެޑްގެ ގޮތުގައި 30 ދުވަސް ދިނުމަށްވެސް ކައުންސިލުން ނިންމާފައިވާކަމަށެވެ.
ހުރާ ކައުންސިލުން މިއަދު ވަނީ އެ ބިން ކުއްޔަށް ނަގަން ޝައުގުވެރިވާ ފަރާތްތަކުން ބިޑް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފަ އެވެ. މި ބިމަށް އެދި ހުށައެޅުމަށް އެދޭ ބިޑް ފޯމް 30 އެޕްރީލް 2025 ވާ ބުދަ ދުވަހުގެ ހެނދުނު 09:00 އިން ފެށިގެން 12 މެއި 2025 ވާ ހޯމަ ދުވަހުގެ 12:00 އަށް ހުރާ ކައުންސިލް އިދާރާގެ ރިސެޕްޝަނުން ލިބެން ހުންނާނެކަމަށާއި، ބިޑްފޯމެއްގެ އަގަކީ -/100ރުފިޔާ ކަމަށް ކައުންސިލުން ބުނެފައި ވެއެވެ.
އަންދާސީ ހިސާބު ހުށަހަޅަންޖެހެނީ، 13 މެއި 2025 ވަނަ ދުވަހުގެ 13:00 އަށް ކައުންސިލް އިދާރާއަށެވެ. ބިމުގެ ކުލީގެގޮތުގައި ހުށަހެޅޭނީ މަހަކަށް އަކަފޫޓަކަށް އެއް ރުފިޔާއަށްވުރެ ކުޑަނުވާގޮތަށް،2 އަހަރުދުވަހުގެތެރޭގައި ކޮންމެ މަހަކަށްވެސް އެއް ރޭޓަކުން ކަމަށް ކައުންސިލުން ބުނެފައި ވެއެވެ.
މިކަމާ ގުޅޭ އިތުރު މަޢުލޫމާތު ހޯދަން ބޭނުންވާ ފަރާތްތަކަށް ހުރާ ކައުންސިލްގެ އީމެއިލް [email protected] އަށް މެއިލްކޮށްލައިގެން މައުލޫމާތު ސާފުކޮށްލެވޭނެއެވެ.