back to top
29 C
Malé
- އިސްތިހާރު -spot_imgspot_img

މަގްބޫލް ލިޔުންތައް

ރަސްފަންނުގެ ގޮނޑުދޮށް ކަޅުތެލުން ތަޣައްޔަރު ވެއްޖެ

ރަސްފަންނުގެ ގޮނޑުދޮށުން ކަޅު ތެޔޮތަކެއް ލައްވެ މޫދު ތަޣައްޔަރުވެއްޖެ އެވެ.

ފުލުހުންގެ އިދާރާއިން ބުނީ، ރަސްފަންނުގެ މޫދުގައި ރާޅުޖަހާފަށަށް ކަޅުތެޔިތަކެއް ޖަމާވެފައި ވާތީ، ކަމާއި ގުޅޭ އިދާރާތަކާއި ގުޅިގެން ގޮނޑުދޮށް ސާފު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި މިވަގުތު ރަސްފަންނަން މޫދަށް އެރުން ރައްކާތެރި ނޫންކަމަށްވެސް ފުލުހުންގެ އިދާރާއިން ބުންޏެވެ.

ރަސްފަންނުގެ ގޮނޑުދޮށަށް ލައްވި ތެޔޮތަކަކީ، ކަނޑުއުޅަނދެއްގެ އިންޖީނުގެ އަޑީތެޔޮތަކެއް ކަމަށްވާތީ، އެކަން ބަލައި ތަޙްޤީޤު ކުރަމުން އަންނަ ކަމުގައިވެސް ފުލުހުންވަނީ ބުނެފައެވެ.

މޫދަށާއި ކަނޑަށް ތެޔޮއެޅުމަކީ، ތިމާވެށި ރައްކާތެރިކުރުމާއި ބެހޭ ޤާނޫނުތަކާއި ޤަވާއިދުތަކުން މަނާކޮށްފައިވާ ކަމެކެވެ.

މިލިޔުމާއި ގުޅޭ