ކުރިޔަށް އޮތް ދެދުވަހުވެސް މުޅި ރާއްޖެއަށް މޫސުމް ގޯސްވާނެ ކަމުގައި މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ބުނެފިއެވެ.
މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ބުނީ މިދެދުވަހު ރާއްޖެއަށް ކުރާ ވިއްސާރައަކީ، ރާއްޖޭގެ ސަރަހައްދުގައި ވިންޑް ކޮންވަޒޭޝަނެއް އުފެދިފައިވާތީ ކުރާ ވިއްސާރައެއް ކަމަށެވެ.
މިވިއްސާރައިގައި، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށާއި އާއްމުގޮތެއްގައި ވައިޖެހޭނީ 5 މޭލާއި 20 މޭލާއި ދެމެދުގެ ބާރު މިނުގައިކަމަށް ވެސް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވަނީ ބުނެފައެވެ.
ވިއްސާރަ އަލިވާނެކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ލަފާކުރަނީ މިހަފްތާގެ ބުދަ ދުވަހުގައެވެ.