back to top
30 C
Malé
- އިސްތިހާރު -spot_imgspot_img

މަގްބޫލް ލިޔުންތައް

ބުރުނުބޮމަ ޕްރޮމޯޓް ކުރުމަށް ޝޯވއެއް ބާއްވަނީ

މިހާތަނަށް ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ސްޕޯޓްސް ފިޝިން މުބާރާތް ކަމަށްވާ ”ބުރުނު ބޮމަ“ ޕްރޮމޯޓްކުރުމުގެ ގޮތުން، ޚާއްޞަ ހަރަކާތްތަކެއް ހިންގަން ނިންމައިފިއެވެ.

މޯލްޑިވްސް މަރކެޓިންގް އެންޑް ޕަބްރިލޭޝަންސް ކޯޕަރޭޝަން(އެމްއެމްޕީއާރްސީ) ގެ ވިޒިޓް މޯލްޑިވްސް ކްލަބް (ވީއެމްސީ) އިން އިންތިޒާމުކޮށްގެން ބާއްވާ މުބާރާތް ޕްރޮމޯޓް ކުރުމުގެ ގޮތުން ބާއްވާ މިހަރަކާތް އޮންނާނީ ހޮނިހިރު ދުވަހުގެ ރޭ އާޓިފިޝަލް ބީޗުގައެވެ.

މިޝޯވގައި، ރާއްޖޭގެ މަޝްހޫރު ބޮޑުބެރު ގުރޫޕު ބިދަބިންގެ ހުށައެޅުންތަކާއި، އެހެން ބައެއް ހަރަކާތްތައްވެސް ކުރިޔަށް ދާނެ ކަމުގައި ވިޒިޓް މޯލްޑިވްސް ކްލަބްއިން ވަނީ ބުނެފައެވެ.
މި ހަރަކާތްތައް ކުރިޔަށްދާނީ، ހޮނިހިރު ދުވަހުގެ ރޭ 8:00 އިން ފެށިގެންނެވެ. މިހަރަކާތުގައި ބައިވެރިވުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ.

އިންޓަރނޭޝަނަލް ޓީމުތަކަށާއި ރާއްޖޭގެ ޓީމުތަކަށް ހުޅުވާލައިގެން ބާއްވާ ބުރުނުބޮމަ، ސްޕޯޓްސް ފިޝިން މުބާރާތް ލޯންޗުކޮށްފައި ވަނީ، ހުސްވި އަހަރުގެ ޑިސެމްބަރު މަހުގެ 23 ވަނަ ދުވަހުގައެވެ. މިމުބާރާތް ކުރިޔަށްދާނީ، މެއި މަހުގެ 2 ވަނަ ދުވަހުގެ ފަތިހު 5:00 އިން ފެށިގެން، މެއި މަހުގެ 4 ވަނަ ދުވަހުގެ އިރުއޮއްސި 18:00އަށެވެ.
މި މުބާރާތުގައި މިހާތަނަށް 7 ޓީމަކުން ވަނީ ބައިވެރިވެފައެވެ.

މިލިޔުމާއި ގުޅޭ