back to top
30 C
Malé
- އިސްތިހާރު -spot_imgspot_img

މަގްބޫލް ލިޔުންތައް

ސަމާލު: މަސްވެރިކަމާ ގުޅުންހުރި އަސާސީ މަޢުލޫމާތު ހޯދުމުގެ ސާރވޭ ފޯމް ފުރަން ދިން މުއްދަތު ހަމަވަނީ

މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް އިން ކުރިޔަށް ގެންދާ މަސްވެރިކަމާ ގުޅުންހުރި އަސާސީ މަޢުލޫމާތު ހޯދުމުގެ ސާރވޭ ފޯމު ފުރަންދީފައިވާ މުުއްދަތު އަންނަ އަންގާރަ ދުވަހަށް ހަމަވާނެއެވެ.

ދިވެހިރާއްޖޭގައި ކުރެވޭ ތަފާތު އެކި ބާވަތުގެ މަސްވެރިކަން ރާވާއި، ހިންގައި، ބެލެހެއްޓުމަށްޓަކައި ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން މަސްވެރިކަމާބެހޭ ތަފާސްހިސާބު އެއްކުރުމަށްޓަކައި ކުރިޔަށްގެންދާ މި ސާރވޭއަކީ، ދިވެހިރާއްޖޭގެ ރަށްރަށުގައި ކުރެވޭ އެކިބާވަތުގެ މަސްވެރިކަމުގައި ދިވެހިރައްޔިތުން ހަރަކާތްތެރިވާ މިންވަރާބެހޭ އަސާސީ މަޢުލޫމާތު ހޯދާ ދެނެގަތުމަށް ކޮންމެ އަހަރަކުވެސް ފިޝަރީޒް މިނިސްޓްރީން ކުރިޔަށް ގެންދާ ސާވޭއެކެވެ. މި ސާވޭގެތެރެއިން ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މަސްވެރިކަމުގައްޔާއި، މަހާމަހުގެ އުފެއްދުންތައް ތައްޔާރުކުރުމުގައި ހަރަކާތްތެރިވާ ފަރާތްތަކާބެހޭ އަސާސީ މަޢޫލޫމާތު އެއްކުރުމަށް ވަނީ ނިންމާފަ އެވެ.

މި ސާރވޭ ކުރަނީ ”މަސްވެރިކަމާ ގުޅުންހުރި އަސާސީ މަޢޫލޫމާތު ހޯދުމުގެ ސާރވޭ“ ގެ ނަމުގައި ތައްޔާރުކޮށްފައިވާ ގޫގުލް ފޯމް މެދުވެރިކޮށްނެވެ. މި ފޯމް 2025 އެޕްރީލް 29 ވާ އަންގާރަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ފުރިހަމަކޮށްދިނުމަށް މިނިސްޓްރީން އެދިފައި ވެއެވެ. ދިވެހިރާއްޖޭގެ އެކި ސަރަހައްދުތަކުގައި މަޝްވެރިކަމުގެ ޞިނާޢަތުގައި ޝާމިލުވާ ހުރިހައި ފަރާތްތަކުން މި ފޯމް ފުރަން ޖެހެއެވެ. މީގެތެރޭގައި ކަނޑުމަހުގެ ދޮށީގެ އަދި އަތުނަނުގެ މަސްވެރިކަންކުރާ ފަރާތްތަކުގެ އިތުރުން، ފަރު މަހުގެ މަސްވެރިކަމާއި، ފާނައިގެ މަސްވެރިކަމާއި، ހިބަރު މަސްވެރިކަމާއި، ހުއިފިލަނޑާގެ މަސްވެރިކަމާއި، ތުތި ބޯވަދިލަމަހުގެ މަސްވެރިކަމާއި، ދިރޭ ކުދި މަސް ހިފާ ވިއްކުމުގެ މަސްވެރިކަމާއި، ބޯވައާއި އިހީގެ މަސްވެރިކަމާއި، މުނިފޫހިފިލުވުމުގެ ގޮތުން މަސްވެރިކަންކުރާ ފަރާތްތައް ހިމެނެއެވެ. އަދި އެކި ބާވަތުގެ މަސް ކައްކައި ހިއްކާ އަދި ލޮނު އަޅާ ފަރާތްތަކާއި، ރިހާކުރު ކައްކާ ފަރާތްތަކާއި، މަސް ޕްރޮސެސްކޮށް ތިންވަނަ ފަރާތަކަށް ފޯރުކޮށްދޭ ފަރާތްތަކުންވެސް މި ފޯމް ފުރަން ޖެހެއެވެ.

* ސާރވޭ ފޯމްގެ ލިންކަކީ https://shorturl.at/2n028 އެވެ.

މިލިޔުމާއި ގުޅޭ