back to top
33 C
Malé
- އިސްތިހާރު -spot_imgspot_img

މަގްބޫލް ލިޔުންތައް

ލ. އަތޮޅުގެ މަސްވެރިކަމާ ގުޅުންހުރި މުހިންމު މައްސަލަތަކާ ގުޅޭގޮތުން މަޝްވަރާކޮށްފި

ފިޝަރީޒް އަޙްމަދު ޝިޔާމް، ހައްދުންމަތީ އަތޮޅު ކައުންސިލާ ބައްދަލުކުރައްވައި، އެ އަތޮޅުގެ މަސްވެރިކަމާ ގުޅުންހުރި މުހިންމު މައްސަލަތަކާ ގުޅޭގޮތުން މަޝްވަރާ ކުރައްވައިފި އެވެ.

ފިޝަރީޒް މިނިސްޓްރީގައި އިއްޔެ ބޭއްވި މި ބައްދަލުވުމުގައި ހައްދުންމަތީ އަތޮޅު ކައުންސިލުން، އެ އަތޮޅުގެ މަސްވެރިންގެ ހާލަތު އިތުރަށް ރަނގަޅުކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ މަޢުލޫމާތު ހިއްސާކުރެއްވި އެވެ. އަދި މިނިސްޓްރީއާ ގުޅިގެން ކުރެވިދާނެ އިތުރު މަސައްކަތްތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރިކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ.

މި ބައްދަލުވުމުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތައް ބޭނުންކޮށްގެން އިޤްތިޞާދީ މަސައްކަތްތައް ފުޅާކުރުމަށް ކަނޑައަޅުއްވާފައިވާ ސިޔާސަތުތަކާ ބެހޭ މަޢުލޫމާތު މިނިސްޓަރު ޝިޔާމް، ކައުންސިލާ ހިއްސާކުރެއްވި އެވެ. މީގެ އިތުރުން، މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތައް ބޭނުންކޮށްގެން ނަފާ އިތުރުކުރެވިދާނެ ގޮތްތަކާ ބެހޭ މަޢުލޫމާތު މިނިސްޓްރީގެ ފަރާތުން ކައުންސިލަށް ދީފައި ވެއެވެ. އަދި، މަސްވެރިންގެ ދަފްތަރު އެކުލަވާލުމުގެ މުހިންމުކަމާއި، އެ ދަފްތަރުގެ ސަބަބުން މަސްވެރިންނަށް ލިބޭނެ ފައިދާތަކާ ބެހޭގޮތުންވެސް މަޝްވަރާކުރެއްވިކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ.

ލ. އަތޮޅަކީ މަސްވެރިކަމުގެ ސިނާއަތުން މަންފާ ހޯދަމުން އަންނަ ބޮޑު އާބާދީއެއް އޮންނަ އަތޮޅެކެވެ. ދޮށީ މަސްވެރިކަމާއި ފަރުމަސްވެރިކަމުގެ އިތުރުން އެކުއަކަލްޗަރގެ ވިޔަފާރި ހަރަކާތްތައްވެސް އެއަތޮޅުގެ އެކި ރަށްރަށުގައި ފުޅާ ދާއިރާއެއްގައި ހިންގައެވެ.

މިލިޔުމާއި ގުޅޭ