back to top
29 C
Malé
- އިސްތިހާރު -spot_imgspot_img

މަގްބޫލް ލިޔުންތައް

ކެޔޮޅުންގެ ލޮބީގެ ފުރަތަމަ ހިންގާ ކޮމިޓީ އެކުލަވާލައިފި

ރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތުގައި ހަރަކާތްތެރިވާ، ކެޔޮޅުން އިސްވެ އުފައްދާފައިވާ، މަދަނީ ޖަމިއްޔާ ”ކެޔޮޅުންގެ ލޮބީ“ގެ ފުރަތަމަ ހިންގާ ކޮމިޓީ އިންތިޚާބުކޮށްފި އެވެ.

ރޭ ބޭއްވި އިންތިޚާބުގައި މި ކޮމިޓީގެ ޗެއާމަނަކަށް އިންތިޚާބުކޮށްފައި ވަނީ، މުޙައްމަދު ޙަސަން (މާކެޔޮޅު) އެވެ. ލޮބީގެ ރައީސާގެ މަޤާމަށް އިންތިޚާބުކޮށްފައި ވަނީ، ޝަފްޤާ ޝަފީޤް (ކެޔޮޅާގެ ދިޔެ)އެވެ. ހިންގާ ކޮމިޓީގެ ނައިބު ރައީސަކަށް އަޒްވާދު ފާރޫޤު (ކެޔޮޅު އަޒްވާދު) އިންތިޚާބުކޮށްފައި ވާއިރު، ސެކްރެޓެރީ ޖެނެރަލްގެ މަޤާމަށް އިންތިޚާބުކޮށްފައި ވަނީ، މުޙައްމަދު ޙަސަން އެވެ.

ކެޔޮޅުންގެ ލޮބީއަކީ މަސްވެރިންނާއި މަސްވެރިންގެ އާއިލާތަކުގެ ހައްގުގައި ވަކާލާތުކުރުމަށް، ވަކިން ޚާއްސަކޮށް މަސްވެރިންނަށް ލިބެންހުންނަ ޚިދުމަތްތައް ހޯދުމުގައި ހުރި ދަތިތަކާއި ގޮންޖެހުންތައް ހައްލުކުރަންް މަސައްކަތްކުރުމަށާއި، މަސްވެރިކަމުގެ ސިނާއަތުގައި މަސްވެރިންނަށް ހުރި ފުރުސަތުތައް ދެނެގަނެ އެ ފުރުސަތުތައް ފަހިކޮށްދިނުމަށް މަސައްކަތްކުރުމުގެ މަގުސަދުގައިި 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހު އުފެއްދި ޖަމިއްޔާއެކެވެ. މި ޖަމްއިއްޔާގެ މެންބަރުންގެ ތެރޭގައި، ކެޔޮޅުންނާއި، ކުރީގައި ކެޔޮޅުކަން ކުރައްވާފައިވާ ބޭފުޅުންނާއި، އެންކެޔޮޅުންނާއި، އޮޑިވެރިންނާއި، މަސްވެރިންނާއި، ނޫސްވެރިންނާއި، ދިރާސާކުރާ ފަރާތްތަކާއި، ޑައިވަރުންނާއި، މަސްވެރިންގެ ދަރިން ހިމެނެއެވެ.

މިލިޔުމާއި ގުޅޭ