back to top
31 C
Malé
- އިސްތިހާރު -spot_imgspot_img

މަގްބޫލް ލިޔުންތައް

އެމްއެންޑީއެފްގެ ކަނޑުމަތީ އަސްކަރީ ތަމްރީންތަކެއް މާދަން ފަށަނީ

މާދަމައިން ފެށިގެން ފަސް ދުވަހުގެ ކަނޑުމަތީގެ އަސްކަރީ ތަމްރީންތަކެއް ކުރިޔަށްގެންދަން ހަމަޖެހިފައިވާކަމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯރސް(އެމްއެންޑީއެފް) އިން ބުނެފި އެވެ.

މިކަމާ ގުޅޭގޮތުން އާންމުކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ، އެމްއެންޑީއެފުން ކުރިއަށްގެންދާ އަސްކަރީ ތަމްރީނުތަކެއް އޭޕްރީލް 20 އިން 24 އަށް، ކޮންމެ ދުވަހެއްގެ 06:00 އިން 17:30 އަށް ހުޅުމާލޭގެ އިރުން 7 ނޯޓިކަލް މޭލު ބޭރުން ކަނޑުމަތީގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާކަމަށެވެ. މި ތަމްރީނުތަކުގައި ބޭނުންކުރާ ބަޑީގެ ވަޒަން ދަތުރުކުރާނީ ހުޅުމާލޭގެ އިރުން 7 ނޯޓިކަލް މޭލު ބޭރުން 5000 މީޓަރ ދުރުމިނަށްކަމަށާއި، އަދި ވަޒަން ދަތުރުކުރާނެ އުސްމިނަކީ 300 މީޓަރުކަމަށް އެމްއެންޑީއެފުން ބުނެފައި ވެއެވެ.

ވަކި އުސޫލެއްގެ ދަށުން އެމްއެންޑިއެފްއިން ދޭތެރެ ދޭތެރެއިން އެއްގަމާއި ކަނޑުގައި އަސްކަރީ ތަމްރީންތައް ކުރިޔަށް ގެންދެއެވެ. މިއިން ކޮންމެ އަސްކަރީ ތަމްރީނެއްވެސް ބޭއްވުމުގެ ކުރިން އަބަދުވެސް އެކަމުގެ މައުލޫމާތު ދުރާލާ އާންމުކޮށް އިއުލާނުކުރެއެވެ.

މިލިޔުމާއި ގުޅޭ